މާލެއިން ހުޅުމާލެއަށް ދާ ސިނަމާލެ ބްރިޖް ހައިވޭ ލޭންގައި ނުރައްކާތެރި ދެ އެކްސިޑެންޓް ހިގައިފިއެވެ.
މި އެކްސިޑިޓެންޓް ހިނގީ ބުދަ ދުވަހުގެ ރޭ 10:13 ކަންހާއިރުގައެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދެ އެކްސިޑެންޓަކަށް ފުލުހުން އެޓެންޑް ވަމުން އަންނަކަމަށާއި އެއް އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަދި މީގެ ތެރެއިން އެއް އެކްސިޑެންޓް ހިނގާފައި ވަނީ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓާއި ގުޅޭ ތަފްސީލް ލިބުނު ވަރަކުން ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.
ދެ އެކްސިޑެންޓަކަށް ފުލުހުން އެޓެންޑް ވަމުން އަންންނީ. އެއް އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ ގެންގޮސްފަ. އެއީ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް. ތަފްސީލް ލިބުނު ވަރަކުން ހިއްސާކުރާނެވާހަކަ ދަންނަވަން.
ޕޮލިސް މީޑިއާ![]()
ދެ އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް ފުލުހުން ދެވެނަ އެކްސިޑެއްންޓް ގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.