ކ. މާލެ
|
20 މެއި 2025 | އަންގާރަ 11:04
ސޭވް އެފްއޭއެމް އިން، އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމެޓީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ސޭވް އެފްއޭއެމް އިން، އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމެޓީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ސޯޝަލް މީޑިއާ
އެފްއޭއެމް
އެފްއޭއެމްގެ އަސާސީ ޤަވާއިދު ތަންފީޒު ނުކުރާތީ، ސާޔާގެ ނުރުހުން މުއިއްޒު އަށް
ސާޔާ ވިދާޅުވެފައި ވަނީ، ބިއްލޫރި ގެއެއްގައި ދިރިއުޅެމުން އަންނަ މީހަކު، އެހެން މީހުންގެ ގޭގެޔަށް ގައު އުކައިގެން ނުވާނެ ކަމަށެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަސާސީ ޤަވާއިދު ތަންފީޒު ނުކުރާ ކަމަށް ބުނެ، އެފްއޭއެމް ނޯމަލައިޒިންގ ކޮމެޓީގެ ޗެއަރމަން އަޙުމަދު މުޢިއްޒު އަށް، އެ އިދާާރާގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޝާހު އިސްމާއީލް (ސާޔާ) ފާޑު ވިދާޅުވެއްޖެ އެވެ.

ސާޔާ އެހެން ވިދާޅުވެފައި ވަނީ އޭނާގެ ފޭސްބުކް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަން ޖެހޭ ޤާނޫނީ ހުއްޖަތެއް ނެތް ކަމަށް މުއިއްޒު ވިދާޅުވެފައިވާ ޚަބަރެއް ހިއްސާ ކުރައްވައި ސާޔާ ވިދާޅުވީ، މުއިއްޒުގެ ޤާނޫނީ ތަޖުރިބާ އިން އެފްއޭއެމްގެ އަސާސީ ޤަވާއިދު ތަންފީޒު ކުރަން ނުކެރެނީ ކީއްވެތޯ އެވެ؟

މީގެ އިތުރުން އެ ޕޯސްޓުގައި ސާޔާ ވަނީ، އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމެޓީގެ ޗެއަރމަންގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ ޒިންމާ އަދާ ނުކޮށް، އެހެން ކަންކަމަށް މުއިއްޒު ފާޑު ވިދާޅުވާ ކަމަށް އިޝާރާތް ކޮށްފަ އެވެ.

އެގޮތުން ސާޔާ ވިދާޅުވެފައި ވަނީ، ބިއްލޫރި ގެއެއްގައި ދިރިއުޅެމުން އަންނަ މީހަކު، އެހެން މީހުންގެ ގޭގެޔަށް ގައު އުކައިގެން ނުވާނެ ކަމަށެވެ.

ކުރީގެ އެއް ވަނަ ފޯވަރޑް ސާޔާ މުއިއްޒު އަށް ފާޑު ވިދާޅުވެފައިވާއިރު، ދާދި ފަހުން ސާޔާ ހިމެނޭހެން "ސޭވް އެފްއޭމް" ކެމްޕެއިން ހިންގާ ޓީމުން ވަނީ އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމެޓީއާ ބައްދަލު ކޮށްފަ އެވެ. އެ ބައްދަލުވުމުގައި ވެސް ވަނީ އެފްއޭއެމްގެ އަސާސީ ޤަވާއިދު ތަންފީޒު ކުރުމަށް އެދިފަ އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ މިދިޔަ އަހަރު ރާއްޖެ ނޯމަލައިޒް ކުރުމަށް ނިންމައިފަ އެވެ. އޭގެ ފަހުން އެންމެ ފުރަތަމަ އެކުލަވާލީ ފަސް މެމްބަރުންގެ ކޮމެޓީ އެކެވެ. އެ ކޮމެޓީގައި މުއިއްޒު އަކީ މެމްބަރެކެވެ.

އެހެން ނަމަވެސް، ފަހުން އެ ކޮމެޓީގެ އަދަދު ތިން މެމްބަރުންނަށް މަދު ކޮށްފައިވާއިރު، އެ ކޮމެޓީގެ ޗެއަރމަނަކަށް ހަމަޖެއްސީ ކުރީ ޕްރޮސެކިއުޓަރ ޖެނަރަލް މުއިއްޒު އެވެ.

- ކޮމެންޓް