Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2025 | ހޮނިހިރު 07:20
ފީފާގެ ރައީސް އިންފަންޓީނޯ އަދި ރައީސް މުޢިއްޒު ލޯގޯ އިފްތިތާހު ކޮށްދެއްވަނީ، އަރިހުގައި އެފްއޭއެމްގެ ރައީސް ޓޮމް
ފީފާގެ ރައީސް އިންފަންޓީނޯ އަދި ރައީސް މުޢިއްޒު ލޯގޯ އިފްތިތާހު ކޮށްދެއްވަނީ، އަރިހުގައި އެފްއޭއެމްގެ ރައީސް ޓޮމް
ރައީސް އޮފީސް
އެފްއޭއެމް
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
ރަތް ކުލަ އާއި، ނޫ ކުލަ އާއި، ފެހި ކުލަ އަދި ރަން ކުލަ އިން ފަރުމާ ކޮށްފައިވާ މި ލޯގޯ އިން ރަމްޒު ކޮށްދެނީ 75 އެކެވެ. އެ ލޯގޯގައި ރާއްޖޭގެ ޤައުމީ ދިދަ ހިމަނާފައިވާއިރު، ދެ ތަރި ވެސް ވަނީ ހިމަނައިފަ އެވެ. ލޯގޯގެ ތިރީގައި ފުޓުބޯޅަ ރަމްޒުވާ ގޮތަށް ހިމަނާފައިވާއިރު، ލޯގޯގައި ލިޔެފައި ވަނީ "ފުޓުބޯޅަ 1950-2025" އެވެ.

ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޙަރަކާތްތަކުގެ ރަސްމީ ލޯގޯ އިފްްތިތާހު ކޮށްފި އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައި ވަނީ ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރޭ، އަލިމަސްޔޫބީލް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރުމަށެވެ. އެކަމަށްޓަކައި ޚާއްސަ ކޮމެޓީއެއް އެފްއޭއެމް އިން އެކުލަވާލާފައިވާއިރު، އެ ކޮމެޓީ އިން ވެސް އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ފުޓުބޯޅަ އަށް 75 އަހަރު ފުރުމަށް ބޭނުން ކުރާ ރަސްމީ ލޯގޯ އިފްތިތާހު ކޮށްފައި ވަނީ ހުކުރު ދުވަހު އެވެ. ގަލޮޅު ރަސްމީ ދަނޑުގައި އޮތް ޚާއްސަ ޙަރަކާތުގެ ތެރެއިން އެ ލޯގޯ އިފްތިތާހު ކޮށްދެއްވީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ.

ރަތް ކުލަ އާއި، ނޫ ކުލަ އާއި، ފެހި ކުލަ އަދި ރަން ކުލަ އިން ފަރުމާ ކޮށްފައިވާ މި ލޯގޯ އިން ރަމްޒު ކޮށްދެނީ 75 އެކެވެ. އެ ލޯގޯގައި ރާއްޖޭގެ ޤައުމީ ދިދަ ހިމަނާފައިވާއިރު، ދެ ތަރި ވެސް ވަނީ ހިމަނައިފަ އެވެ. ލޯގޯގެ ތިރީގައި ފުޓުބޯޅަ ރަމްޒުވާ ގޮތަށް ހިމަނާފައިވާއިރު، ލޯގޯގައި ލިޔެފައި ވަނީ "ފުޓުބޯޅަ 1950-2025" އެވެ.

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ތައްޔާރު ކުރި ލޯގޯ

އެފްއޭއެމް އިން ނިންމާފައި ވަނީ 2026 ވަނަ އަހަރުގެ ޖޫން މަހު، ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުން ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރުމަށެވެ. އެގޮތުން ރާއްޖޭގެ ޤައުމީ ޓީމަށް ފުޓުބޯޅަ ކުޅެފައިވާ ކުޅުންތެރިންގެ އަގު ވަޒަން ކުރުމާއި، ޤައުމީ ޓީމުގެ ކެޕްޓަނުންގެ ގޮތުގައި ކުޅެފައިވާ ކުޅުންތެރިންގެ އަގު ވަޒަން ކުރުން ވެސް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް މިއަހަރުގެ ތެރޭގައި އިންތިޚާބުވި އަޙުމަދު ޠާރިޤު (ޓޮމް)ގެ ޓީމުން އަންނަނީ ފުޓުބޯޅައިގެ ފޯރި ގެނައުމަށްޓަކައި ގިނަ ޙަރަކާތްތަކެއް ރާވަމުންނެވެ. ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް އެކުލަވާލި ކޮމެޓީ އަށް ދީފައިވާ ނަމަކީ، "ޑައިމަންޑް ޖުބިލީ ކޮމެޓީ" އެވެ.

އެ ކޮމެޓީގެ ޗެއަރމަނަކީ ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު ކޯޗު އަދި ޤައުމީ ޓީމަށް އިރުޝާދު ދީފައިވާ އަލީ ސުޒޭން އެވެ. މީގެ އިތުރުން އެ ކޮމެޓީގައި ދެން ހިމެނެނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއަރމަން އަޙުމަދު މުބީން އެވެ. މުބީން އަކީ އެ ކޮމެޓީގެ ވައިސް ޗެއަރމަން އެވެ.

އެ ކޮމެޓީގައި ދެން ހިމެނެނީ ކުލަބު ވެލެންސިއާގެ ޗެއަރމަން ޢަބްދުﷲ އަޒްމީން އާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުލް ލަތީފް މުޙައްމަދު އެވެ.

- ކޮމެންޓް