ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދުއްވާފައި ދިޔަ ސައިކަލެއް މަގުހުރަސްކުރި ބިދީސީއެއް ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޕްރައިވެޓް ކާރެއްގައި ކަމަށް އެސަރަހައްދުގައި ތިބި މީހުން މި ނޫހައް މައުލޫމާތުދެއެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބޭ ގޮތުގައި ސައިކަލުގައި އިން މީހާ މޫނުގެ އެއްފަޅިވަނީ ޗަސްވެފައެވެ. އަދި މަގުހުރަސްކުރި ބިދޭސީ މީހާއަށްވެސް އެކިވަރުގެ އަނިޔާވެފައިވެ.
އިތުރު ތަފްސީލު އަންނަނީ.........