ކ. މާލެ
|
18 މެއި 2025 | އާދީއްތަ 19:32
ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ބެހޭގޮތުން މަޝްވަރާކުރިކަމަށް ވިދާޅުވެ މިނިސްޓަރު ހެއްދެވީ އިތުރުފުޅު
ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ބެހޭގޮތުން މަޝްވަރާކުރިކަމަށް ވިދާޅުވެ މިނިސްޓަރު ހެއްދެވީ އިތުރުފުޅު
ރާއްޖެއެމްވީ
ގުޅީފަޅު ގޯތި މައްސަލަ
ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން ބަދަލުކުރި އިރު މަޝްވަރާ ނުކުރޭ، މިނިސްޓަރު ހެއްދެވީ ދޮގު
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީއެއް ސަރުކާރުން ނުދޭ
ގުޅިފަޅުން ދޫކުރަން ނިންމާފައި ވަނީ 3670 ގޯތި
އެ ޖަމިއްޔާއާ މުއްތަލިބު ބައްދަލު ކުރީ ސަރުކާރުގެ ނިންމުން ދައްކާލުމަށް އެކަނި

ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން ބަދަލުކުރި ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ޙިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު މަޝްވަރާ ކުރެއްވި ކަމަށް ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާއިރު، އެފަދަ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ގުޅީފަޅު ސިޓިޒަންސް އެސޯސިއޭޝަނާއި މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިޢުލާން ކުރެވުނީ 24 އޮގަސްޓް 2023 ގައެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތުމާއެކު އެ ޕްލޭން ބަދަލުކޮށް 27 އޮކްޓޯބަރު 2024 ގައި އާ ޕްލޭނެއް ވަނީ އިޢުލާނު ކުރެވިފައެވެ. އެޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަޑައަޅާފައިވާ ސަރަޙައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުންވެސް ބާއްވާފައިވާ ކަމަށެވެ.

ނަމަވެސް 24 އޮގަސްޓުގެ ޕްލޭނުގެ ދަށުން ގޯތި ލިިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނު އިރު އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނުކުރެވިފައިވާ ސަރަޙައްދުން ގޯތި ލިބޭ ގޮތް ވެގެން ގޮސްފައިވާ ކަމަށް މިިނިސްޓަރ ވިދާޅުވިއެވެ. އަދި 24 އޮގަސްޓު 2023 ގެ ޕްލޭންގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރެޖިސްޓްރީ ދޫކުރެވިފައިވުމާއެކު، 27 އޮކްޓޯބަރު 2024 ގެ ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަޙައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރެޖިސްޓްރީ ވީހާވެސް އަވަހަކަށް ދެއްވުން ކަމުގައިވުމާއެކު، ގުޅީފަޅުން ދޭން ކަޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި މިހާރު ގެޒެޓްކުރެވިފައިވާ އިރު، މި ގެނެވުނު ބަދަލާއެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަޑައަޅާފައިވާ ސަރަޙައްދަށް ބަދަލުކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ޙިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު ވަނީ މަޝްވަރާކުރެވިފައި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވިއެވެ.

މިނިސްޓަރުގެ މި ޕޯސްޓުގައި މަޝްވަރާކުރެއްވިކަމަށް ވިދާޅުވެ ދޮގު ހައްދަވާފައިވާތީ އެކަމާއި ގުޅިގެން ގުޅިފަޅު ސިޓިޒެންސް އެސޯސިއޭޝަނުން ބުނީ މިނިސްޓަރ މުއްތަލިބު މަޝްވަރާ ނުކުރައްވާ ކަމަށެވެ. އަދި ލޭންޑް ޔޫޒް ޕްލޭން ގެޒެޓް ކުރައްވާފައި "މިކަން މިހެންނޭ މިއޮތީ ނިމިފައި" މިފަދަ ބީދައކުން ވިދާޅުވި ކަމަށް ބުނެފައިވެއެވެ. އަދި ޖަމިއްޔާގެ ބޮުގައި އިލްޒާމް ނާޅުވާ ގުޅުއްވީމަ ފޯނު ނެންގެވުމަށް ވެސް ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައި ވަނީ 3670 ގޯއްޗެވެ. އެއީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރި 1337 ގޯތި ވެސް ހިމަނައިގެންނެވެ. އެންމެ ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައިރު 90 ގޯތި އޮތީ އިތުރުކޮށްފަ އެވެ.

ހައުސިންގ އެންޑް ކޮންސްޓަރަކްޝަން މިނިސްޓްރީން ބުނީ މިމަސްތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދާދޭން ފެށޭނެއެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ޙަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ޙަވާލު ކުރެވޭނެއެވެ. މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ޙަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް ސަރުކާރުން ބޭނުންވާ ގޮތަށް ގޯތިތައް އަތުރައި ސަރުކާރުން ގުރުއަތު ނަގައި ހުރިހާ ކަމެއް ކުރި އިރި ގޯތި ލިބުނު ފަރާތްތަކާއި، މިހާތަނަށް މަޝްވަރާވެސްކޮށްފައި ނުވެއެވެ. އަދި ގޯތިތަކާއި މެދު ސަރުކާރުން އަމަލުކުރާ ގޮތެއްވެސް ހާމަކޮށްފައި ނުވެއެވެ. އަދި މިނިސްޓަރު މުއްތަލިބު ފޯނު ނުނަގައި އެއްވެސް މީހަކާ ބައްދަލު ނުކުރައްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް