ކ. މާލެ
|
15 މެއި 2025 | ބުރާސްފަތި 10:54
ރެއާލް މެޑްރިޑާއި މަލޯކާ ބައްދަލުކުރި މެޗުގެ ތެރެއިން: ޒުވާން ފޯވަޑް ޔަކޯބޯ ރަމޯން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ރެއާލް މެޑްރިޑާއި މަލޯކާ ބައްދަލުކުރި މެޗުގެ ތެރެއިން: ޒުވާން ފޯވަޑް ޔަކޯބޯ ރަމޯން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ބާސްޓިލް ގްލޯބް
ސްޕެނިޝް ލީގު
ފަހު ވަގުތު މަޔޯކާ އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެ
ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ސްޕެނިޝް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ މަޔޯކާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ރަމޯން ކާމިޔާބުކޮށްދިން ލަނޑާއެކު ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިއަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ގެނީ މަޔޯކާއިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ލަނޑު އެޓީމަސް ޖަހައިދިނީ މާޓިން ވަލްޔެންޓް އެވެ.

މަޔޯކާއިން ލަނޑު ޖަހާ ކުރި ހޯދި ފަހުން ރެއާލް މެޑްރިޑް އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ޒުވާން ފޯވަޑް އެންޑްރިކް އާއި ކިލިއަން އެމްބާޕޭ އާއި ލޫކާ މޮޑްރިޗް އަދި ޖޫޑް ބެލިންހަމް ފޮނުވާލި ހަމަލަތައް ފާހަގަކޮށްލެވެ އެވެ.

ނަމަވެސް ރެއާލްގެ މި ހަމަލާތަކުގެ ހުރަހަކަށް ވެފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ މަޔޯކާގެ ގޯލުކީޕަރު ރޯމަން އެވެ. އޭނާ ވަނީ ގިނަ ހަމަލަތަކެއް މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން މަޔޯކާއިން ނިންމާލީ އެއްލަނޑުވގެ ލީޑަކާއި އެކުގައެވެ. އެހެން ނަމަވެސް ފަހު ހާފަށް ކުޅެން ނިކުމެ ރެއާލުން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ރެއާލްއަށް ނަތީޖާ އެއްވަރުކޮށްދިން މި ލަނޑު ޖަހައިދިނީ ކިލިއަން އެމްބާޕޭ އެވެ.

މި ލަނޑަށް ފަހުގައިވެސް ރެއާލުން ރަނގަޅަށް ކުޅެމުން އައިއިރު، މި މެޗުން އެޓީމު މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޔަކޯބޯ ރަމޯން އެވެ.

މި މެޗުން ރެއާލް މެޑްރިޑް މޮޅުވާއެކު ރެއާލް މެޑްރިޑަށް ވަނީ މިހާތަނަށް ކުޅުނު 36 މެޗުން 78 ޕޮއިންޓު ލިބިފަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އެއް މެޗު މަދުން ކުޅެގެން އެ ޓީމަށް ލިބިފައިވަނީ 82 ޕޮއިންޓެވެ.

- ކޮމެންޓް