ކ. މާލެ
|
14 މެއި 2025 | ބުދަ 15:05
ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ އެއް ހިއްސާދާރު މުހައްމަދު ނަޒީރު
ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ އެއް ހިއްސާދާރު މުހައްމަދު ނަޒީރު
ރާއްޖެއެމްވީ
އިސްލާމިކް މިނިސްޓްރީ
ސަން ލޭންޑް ނަޒީރުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިސްލާމީ މަރުކަޒުގައި
ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގެ ތަޖުރިބާކާރު އަދި ވިޔަފާރިވެރިޔާ މުހައްމަދު ނަޒީރު ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މި ރޭ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި

ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގެ ތަޖުރިބާކާރު އަދި ވިޔަފާރިވެރިޔާ މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) ގެ މައްޗަށް މި ރޭ ޣައިބަށް ކަށުނަމާދު ކުރަން ހަމަޖައްސައިފި އެވެ.

މިކަން ހާމަކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓްރީން އެކްސަގައި ކުރި ޕޯސްޓެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޕޯސްޓުގައި ބުނީ ސަން ލޭންޑް ނަޒީރު ގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށު ނަމާދު މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ.

އުމުރުން 66 އަހަރުގައި ނަޒީރު އަވަހާރަވީ އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ނަޒީރު އަވަހާރަވެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ނަޒީރަކީ ޓޫރިޒަމް ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ހީވާގި ޚިދުމަތްތެރިއެވެ. އަދި ނަޒީރު އަކީ އަލް މަރްޙޫމް ޑރ. އަބްދުލް ބާރީގެ ބޮޑުބޭބޭ ފުޅުވެސް މެއެވެ.

ނަޒީރަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ގޮތުން ވެސް ގިނަ އިސްލާހީ ހަރަކާތްތަކެއްގައި ވެސް މީގެ ކުރިން ބައިވެރި ވެވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ޓްރޭޑް އެންވޯއިގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ.

- ކޮމެންޓް