ކ. މާލެ
|
13 މެއި 2025 | އަންގާރަ 12:29
ރަޝިޔާ އަދި އީރާން ދިދަ
ރަޝިޔާ އަދި އީރާން ދިދަ
ރޮއިޓަރސް
ރަޝިޔާ-އިރާން
ޕުޓިން އީރާނަށް ވަޑައިގަންނަވާތީ އެ ޤައުމުން ތައްޔާރީތައް ފަށައިފި
އާރުއައިއޭ ނިއުސް އިން މިފަދައިން ރިޕޯޓު ކޮށްފައި ވަނީ އީރާން ސަރުކާރުގެ ތަރުޖަމާނާ ހަވާލާދީ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން، އީރާނަށް ވަޑައިގަންނަވާތީ އެ ދަތުރުފުޅަށް އީރާނުން ތައްޔާރު ވަމުން އަންނަ ކަމަށް، އީރާން ސަރުކާރުގެ ތަރުޖަމާނު ފާތިމު މުހާޖެރާނީ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ ސަރުކާރުގެ އާރްއައިއޭ ނިއުސް އިން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާންގެ ވެރި ރަށް ތެހެރާނަށް ޕުޓިން ކުރައްވާ ދަތުރުފުޅުގެ މަސައަކަތް މިހާރު ދަނީ ކުރިއަށެވެ. އަދި އެ ދަތުރުފުޅުގެ ތައްޔާރީތައް ވެސް ކުރިއަށް ދާ ކަމަށް ވަނީ ބުނެފަ އެވެ. 

އާރުއައިއޭ ނިއުސް އިން މިފަދައިން ރިޕޯޓު ކޮށްފައި ވަނީ އީރާން ސަރުކާރުގެ ތަރުޖަމާނާ ހަވާލާދީ އެވެ. 

ނަމަވެސް، މިކަމާ ގުޅިގެން ރަޝިޔާގެ ރިޔާސީ ގަނޑުވަރުން މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައި ނުވެ އެވެ. ނުވަތަ އެއްޗެއް ވެސް ބުނެފައި ނެތެވެ. 

ޕުޓިން އެންމެ ފަހުން އީރާނަށް ވަޑައިގެންނެވީ 2022 ވަނަ އަހަރު އެވެ. އެ ދަތުރުފުޅުގައި ޕުޓިން ވަނީ އީރާންގެ ރޫޙާނީ ލީޑަރު ޢާޔަތުﷲ ޚާމަނާއީއާ ބައްދަލު ކުރައްވާފައި އެވެ. އެއީ އެ އަހަރު ޔުކްރެއިންއާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ ފެށި ފަހުން، ޕުޓިން ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. 

- ކޮމެންޓް