ކ. މާލެ
|
13 މެއި 2025 | އަންގާރަ 12:24
ޔުކްރެއިންގެ ރައީސް ޒެލެންސްކީ، އެމެރިކާގެ ރައީސް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕުޓިން
ޔުކްރެއިންގެ ރައީސް ޒެލެންސްކީ، އެމެރިކާގެ ރައީސް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕުޓިން
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ސުލްހައިގެ މަޝްވަރާތަކުގައި ޓްރަމްޕް ބައިވެރިވުމަށް ޒެލެންސްކީ އެދިއްޖެ
ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އިސްތަންބޫލުގައި އޮންނަ މަޝްވަރާ ބައްދަލުވުމުގައި ޒެލެންސްކީ ބައިވެރިވާނެ ކަމަށް ވަނީ ބުނެފައި. ނަމަވެސް، އެ މަޝްވަރާތަކުގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ބައިވެރިވާނެ ކަމެއް ހާމަކޮށްފައި ނުވެއެވެ.

ތުރުކީގެ އިސްތަންބޫލުގައި އޮންނަ، ރަޝިޔާ ޔުކްރެއިން ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގަތުމަށް، ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ އެދިވަޑައިގެންފި އެވެ.

ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އިސްތަންބޫލުގައި އޮންނަ މަޝްވަރާ ބައްދަލުވުމުގައި ޒެލެންސްކީ ބައިވެރިވާނެ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް، އެ މަޝްވަރާތަކުގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ބައިވެރިވާނެ ކަމެއް ހާމަކޮށްފައި ނުވެ އެވެ.

ބުރާސްފަތި ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ މި މަޝްވަރާ ބައްދަލުވުމަކީ، 2022 ވަނަ އަަހަރު ޔުކްރެއިން ހަނގުރާމަ ފެށި ފަހުން، ރަޝިޔާ އާއި ޔުކްރެއިންގެ އިސްވެރިން ބައްދަލުވާ ފުރަތަމަ ފަހަރެވެ. 

ޔުކްރެއިން އިތުރުން، އެ ޤައުމަށް ތާއީދު ކުރާ ބައެއް ޤައުމުތަކުން ވަނީ 30 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު އަދި ޕޮލެންޑު ހިމެނެ އެވެ.

ޤައުމުތަކުގެ އެ ހުށަހެޅުމާ އެކު، ރަޝިޔާ އިން ވަނީ މަޝްވަރާތަކަށް އެ ޤައުމު އޮތީ ތައްޔާރަށް ކަމަށާއި، ޔުކްރެެއިންއާ އެކު ސީދާ މަޝްވަރާ ކުރުމަށް އެއްބަސްވާ ކަމަށް ބުނެފަ އެވެ. ނަމަވެސް، 30 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ރަޝިޔާ އިން ޤަބޫލު ކޮށްފައި ނުވެ އެވެ. 

އެ މަޝްވަރާތަކަށް ރަޝިޔާ އެއްބަސްވުމުން، ޒެލެންސްކީ ވަނީ އަމިއްލަފުޅަށް މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެފައި ވަނީ، އެ މަޝްވަރާތަކަކީ ފަހު ފުރުސަތެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ސުލްހައިގެ ފުރުސަތުގެ ބޭނުން ހިފުމަށް ވެސް ވަނީ ގޮވާލައްވާފައި އެވެ. 

އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ، ރަޝިޔާ އަދި ޔުކްރެއިންއާ އެކު ވެސް މަސައްކަތް ކުރައްވަން އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ. އަދި އެ މަޝްވަރާތަކަކީ ސުލްހަ އަށް އޮތް އެހީއެއް ނަަމަ، މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ މަޝްވަރާގައި ރަޝިޔާ އިން ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ރަޝިޔާ އިން ބައްދަލުވުމާ މެދު ސީރިއަސްކޮށް ވިސްނާނެ ކަމަށެވެ. 

- ކޮމެންޓް