ކ. މާލެ
|
10 މެއި 2025 | ހޮނިހިރު 17:42
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރު
ރާއްޖެއެމްވީ
އަޒްމިރަލްދާ ޒާހިރު
އަޒްމިރަލްދާ ޖުޑިޝިއަރީ ކޮމެޓީއަށް ވަޑައިގެން، ކޮމެޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭން ނިންމައިފި
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތު އޭނާއަށް ނުދިނުމަށް ނިންމައިފި
މިއަދުގެ ޖުޑިޝަރީ ކޮމެޓީ ބައްދަލުވުމުގެ ނިންމާލީ މައްސަލަ އިތުރަށް ދިރާސާކުރަންކަމަށްބުނެ

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖުޑީޝަލްސާވިސް ކޮމިޝަނުން ނިންމާފައިވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތު އޭނާއަށް ނުދޭން ނިންމައިފިއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަޖިލީހުގެ ޖުޑިޝާރީ ކޮމެޓިގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭން ނިންމާފައިވަނީ ހޮނިހިރު ދުވަހު ކުރިއަށްދިޔަ އެކޮމެޓިގެ ބައްދަލުވުމުގައެވެ.

ޖުޑިޝަރީ ކޮމިޓީ ބައްދަލުވުމުގައި އަޒްމިރަލްދާގެ އިތުރުން ޖޭއެސްސީގެ މެންބަރުން ހާޒިރުކުރަން ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެވެ.

އެގޮތުން މައުރޫފް ޒާކިރް ވިދާޅުވީ ފަނޑިޔާރުން ޖަވާބުދާރީ ވުމަށާއި ޖޭއެސްސީއަށް ކުރެވޭ ތުހުމަތުތަކުގައި ޖޭއެސްސީން ޖަވާބުދާރީވުމަށް ޖުޑިޝާރީ ކޮމެޓިން ފުރުސަތުދޭންޖެހޭ ކަމަށެވެ. އަދި އެއީ އެންމެ އަދުލުވެރި ގޮތްކަމަށްވެސް މައުރޫފްވަނީ ފާހަގަ ކުރަށްވާފައެވެ.

ޖުޑީޝަރީ ކޮމެޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އަޒްމިރަލްދާ އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގަ އެވެ. އެ ސިޓީގައި ފަނޑިޔާރު އެދިވަޑައިގެންނެވީ ގާނޫނީ ވަކީލަކާއެކު ޖުޑިޝަރީ ކޮމިޓިއަށް ވަޑައިގެން، ޖޭއެސްސީގައި ފާހަގަ ކުރި ނުކުތާތައް ކޮމިޓީއާ ހިއްސާ ކުރުމުގެ ފުރުސަތަކަށެވެ. އެހެން ނަމަވެސް އެހުށަހެޅުމަށް ވޯޓަކަށް އެހުމުން ފާހެއްނުވިއެވެ.

މައުރޫފް ޒާކިރުގެ އެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދެއްވީ މައުރޫފުގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އެވެ. އަދި ކޮމިޓީގައި ތިއްބެވި ވެރިކަންކުރާ ޕާޓިގެ މެންބަރުން ވޯޓު ދެއްވީ ހުށަހެޅުމާ ދެކޮޅަށެވެ. އެހެން ނަމަވެސް މިއަދު ގެ ކޮމެޓި ބައްދަލުވުމުގައި ފަނޑިޔާރު ވަކިކުރަން ގޮތެއް ނުނިންމައެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުން ނިންމާލާފައިވަނީ މައްސަލަ އިތުރަށް ދިރާސާ ކުރަންކަމަށްބުނެއެވެ.

- ކޮމެންޓް