ކ. މާލެ
|
10 މެއި 2025 | ހޮނިހިރު 16:52
ޖުޑިޝިއަރި ކޮމެޓީގެ ބައްދަލުވުން
ޖުޑިޝިއަރި ކޮމެޓީގެ ބައްދަލުވުން
ރާއްޖެ އެމްވީ
ޖުޑީޝަލް ސަރވިސް ކޮމިޝަން
ފަނޑިޔާރުން ޖަވާބުދާރީ ވުމަށާއި ޖޭއެސްސީއަށް ކުރެވޭ ތުހުމަތުތަކަށް, ޖޭއެސްސީ ޖަވާބުދާރީވުމަށް ކޮމެޓީން ފުރުސަތުދޭންޖެހޭ: މައުރޫފް ޒާކިރު
ފަނޑިޔާރުން ޖަވާބުދާރީ ވުމަށާއި ޖޭއެސްސީއަށް ކުރެވޭ ތުހުމަތުތަކުގައި ޖޭއެސްސީން ޖަވާބުދާރިވުމަށް ޖުޑިޝަރީ ކޮމެޓީން ފުރުސަތުދޭން ޖެހޭ.
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޗަލް ސާވިސްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ގާނޫނީ ވަކީލެއް ހޯދުމުގެ ހައްގު ނިގުޅައިގަތުން،
އިންސާފުން އެއްކިބާވެހުރެ މައްސަލަބަލައި ނަތީޖާއެއް ހާސިލް ކުރުމަށް ޖޭއެސްސީން މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތުކުރުން.

ފަނޑިޔާރުން ޖަވާބުދާރީ ވުމަށާއި ޖޭއެސްސީއަށް ކުރެވޭ ތުހުމަތުތަކުގައި ޖޭއެސްސީން ޖަވާބުދާރިވުމަށް ޖުޑިޝަރީ ކޮމެޓީން ފުރުސަތުދޭން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް ވިދާޅުވެއްޖެ އެވެ.

ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ހުށަހަޅާފައި އޮތް މައްސަލައިގައި މިއަދު ކުރިއަށްދާ ޖުޑިޝަރީ ކޮމެޓި ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް ވިދާޅުވީ ރައްޔިތުން މަޖިލީހާއި ޖުޑީޝިއަރީ ކޮމެޓީގެ އަގުލަބިއްޔަތު އޮތީ މިސަރުކާރު އަދި މިސަރުކާރު ނިސްބަތްވާ ޕާޓީކަމުގައިވުމުން ޕާޓިން ބޭނުންވާ ގޮތަށް ކަންކަން ނިންމިދާނެކަމަށާއި އެހެން ނަމަވެސް ފަނޑިޔާރުން ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށް ޖުޑިޝިއަރީ ކޮމެޓިން އެފުރުސަތު ދިނުމަށް ހުޝަހަޅާކަމަށެވެ. އަދި އެއީ އެންމެ އަދުލުވެރި ގޮތްކަމަުގައި ދެކޭކަމަށްވެސް މައުރޫފް ވިދާޅުވި އެވެ.

ފަނޑިޔާރު މަހާޒު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފައެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

ޖޭއެސްސީން ފޮނުވި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މަޖިލީހުން ވަނީ ކޮމިޓީ މަރުހަލާ ފަށައިފައެވެ. ޖުޑިޝަރީ ކޮމިޓީން ނިންމާފައިވަނީ ޖޭއެސްސީން ފޮނުވި ރިޕޯޓް ދިރާސާކުރުމަށް ފަހު، އެއްވެސް ފަރާތެއް މަޖިލީހަށް ހާޒިރުކުރަން ފެންނަ ނަމަ އެކަން ކުރުމަށެވެ.

މީގެ އިތުރުން، ޒާކިރް ވިދާޅުވީ އެދެފަރާތުންވެސް އެދިފައިވަނީ ކޮމެޓިއަށް ހާޒިރުވެ އެކުރާ ތުހުމަތުތަކުން ބަރީޢަވުމުގެ ފުރުސަތު ދިނުމަށްކަމަށެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޗަލް ސާވިސްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ގާނޫނީ ވަކީލެއް ހޯދުމުގެ ހައްގު ނިގުޅައިގަތުން، އިންސާފުން އެއްކިބާވެހުރެ މައްސަލަބަލައި ނަތީޖާއެއް ހާސިލް ކުރުމަށް ޖޭއެސްސީން މަސައްކަތް ކޮށްފައިވާކަމަށާއި އަދި ހަމައެހެންމެ ފުރައްސާރަ ކުރުމުގެ ގޮތުން ކޮމިޝަނުގެ އިސްނެގުމަކަށް އެތަށް އަހަރެއް ކުރިން ހިންގާފައިވާ ހާދިސާތައް ތަހުގީގުކުރާކަމަށް ބުނެފައިވެ އެވެ. އަދި އަޒްމިރަލްދާ ޒާހިރު އެދުމުންވެސް މައްސަލައިގެ އަޑުއެހުންތަށް ސިއްރު ކޮށް ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ނިންމާފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޒާހިރު ބުނެފައިވާއިރު ލިޔެކިޔުން ނުދިނުމާއި މައުލޫމާތު ސިއްރުކޮށްގެން ޤާނޫނި ހައްގުތަކަށް ހުރަސްއެޅިކަމަށްވެސް ޒާހިރުވަނީ ތުހުމަތުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކިކުރުމުގެ މައްސަލައިގައި ބާ ކައުންސިލް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެ ކައުންސިލުން މީގެ ކުރިންވަނީ އެދިފަ އެވެ.

- ކޮމެންޓް