ކ. މާލެ
|
10 މެއި 2025 | ހޮނިހިރު 16:36
 ޑެޕިއުޓީ ޕީޖީގެ މަގާމަށް ހަމަޖެއްސި އައިޝަތު މުހައްމަދު އަދި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރި ހުސައިން ސާމީ
ޑެޕިއުޓީ ޕީޖީގެ މަގާމަށް ހަމަޖެއްސި އައިޝަތު މުހައްމަދު އަދި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރި ހުސައިން ސާމީ
ރާއްޖެއެމްވީ
ޕްރޮސެކިއުޓަރ ޖެނެރަލް
ޑެޕިއުޓީ ޕީޖީގެ މަގާމަށް އައިޝަތު މުހައްމަދު، އެސިސްޓެންޓް ޕީޖީގެ މަގާމަށް ސާމީ އައްޔަންކޮށްފި
ދިވެހިރާއްޖޭގައި އެންމެ އިސްކޮށް އެންމެ ދިގު މުއްދަތަކަށް ޕްރޮސިކިއުޓަރަކު ހުންނެވި ބޭފުޅެއް ކަމަށް ބަޔާން ކުރައްވަ
އައިޝަތު މުހައްމަދުވަނީ ދައުލަތް ތަމްސީލުކުރައްވައި ކޮރަޕްޝަން އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައިވެސް މަސައްކަތްކުރައްވާފަ

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ޑެޕިއުޓި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރީގެ ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޒާ އައިޝާތް މުހައްމަދު އައްްޔަންކޮށްފިއެވެ.

އައިޝަތު މުހައްމަދަކީ 2011 ވަނަ އަހަރުގެ ޑިސެންބަރު 14 އިން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ގެންދަވަނީ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭކަނބަލެކެވެ. މިއީ ރާއްޖޭގައި އެންމެ ދިގު މުއްދަތަކަށް އަދި އެންމެ އިސްކޮށް ޕްރޮސިކިއުޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.

މީގެ އިތުރުން، އެސިސްޓެންޓް ޕީޖީގެ މަގާމަށް އައްޔަންކުރި އަލްއުސްތާޒު ހުސައިން ސާމީއަކީ ކުރީގެ ޕަބްލިކް ޕްރޮސިކިއުޓަރގެ މަގާމުވެސް ފުރުއްވާފައިވާ ބޭކަލެކެވެ. އަދި އަލްއުސްތާޒު މަހުމޫދު ސަލީމް ވެސް ކުރިއެކޭ އެއްގޮތަށް ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގައި ދެމިހުންނަވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެފައިވެއެވެ.

އަލްއުސްތާޒާ އައިޝަތު މުހައްމަދުވަނީ ގިނަ އަދަދެއްގެ މުހިންމު މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރަށްވާފައެވެ. އެގޮތުން ކޮރަޕްޝަންގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތައް ހިމެނެއެވެ.

އެސިސްޓެންޓް ޕީޖީގެ މަގާމަށް އައްޔަން ކުރި ހުސައިން ސާމީ އައްޔަންކޮށްފައިވަނީ ސްޕްރީމްކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ބެލި މައްސަލާގައި ކްރިމިނަލް ކޯޓުގެ ދެ ފަނޑިޔާރަކަށް ސަރުކާރުގެ ފަރާތުން ނުފޫޒު ފޯރުވުމުގައި ސާމީ މަސައްކަތަކުރެއްވިކަމުގެ އަޑުފެތުރިފައިވަނިކޮށެވެ.

- ކޮމެންޓް