ކ. މާލެ
|
9 މެއި 2025 | ހުކުރު 23:26
ދުލެއް ނުކުރާނަން މުޒާހަރާ، 9-05-2025
ދުލެއް ނުކުރާނަން މުޒާހަރާ، 9-05-2025
ރާއްޖެއެމްވީ
ދުލެއް ނުކުރާނަން އިހްތިޖާޖް
ޒުވާނުންގެ މުޒާހަރާ: ސަރުކާރަށް ކުރާ ޑިމާންޑްތައް ތަކުރާރުކޮށް މަޖީދީމަގުގައި އަޑު އުފުލައިފި
މިމައްސަލަ ބަލަން ރައީސް އުފެއްދެވި ކޮމިޝަނަކަށް ރައްޔިތުންގެ އިތުބާރެއް ނެތް
ސަރުކާރަށް ކޮށްފައިވާ ޑިމާންޑްތައް ފުރިހަމަ ނުވަނީސް ގެޔަށް ނުވަންނާނަން

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލާ ޒުވާނުން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާގައިި ސަރުކާރަށް ކުރާ ޑިމާންޑްތައް ތަކުރާރުކޮށް މަޖީދީމަގުގައި އަޑު އުފުލައިފި އެވެ.

ފުލުހުންގެ އިންޒާރާއި އެކު، ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ބޭނުންކޮށް ޒުވާނުން ސިލްސިލާކޮށް ކުރަމުން އައި މުޒާހަރާ ކާނިވާ ސަރަހައްދައް ބަދަލުކޮށްފައި އަޑު އުފުލުމަށްފަހު، ހުކުރު ދުވަހުގެ ރޭ ޒުވާނުން އަނެއްކާވެސް މިވަނީ މަޖީދީ މަގުގައި ހުންނަ ހެންވޭރު ޕޮލިސް ކައިރިއަށް އެއްވެ އަޑުއުފުލާފައެވެ.

ޔުމްނުއަށް އިންސާފު ހޯދުމަށް ޒުވާނުން މަޖީދީ މަގުގައި ކުރިއަށް ގެންދިއަ މުޒާހަރާތައް ބާރުގެ ބޭނުންކޮށް ރޫޅާލުމަށްފަހު، ފުލުހުން ނެރުނު ބަޔާނުގައި ބުނީ ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުންކޮށް، އެއްވުން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުންގެ ގެންދާނެ ކަމަށެވެ.

ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނާއި މާލޭ އިންޑަސްޓްރިއަލް ޒޯން އާއި އުސްފަސްގަނޑަށް އެއްވެވޭނެ ކަމަށް ކަނޑައަޅައި ހޯމް މިނިސްޓްރީން އިއުލާނެއް ވަނީ އިއުލާނެއް ނެރެފައެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

މިމުޒާހަރާތަކަކީ އިންސާފް ހޯދުމަށް ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ އިހްތިޖާޖްތަކެއް ކަމަށާއި ސަރުކާރަށްކޮށްފައިވާ ޑިމާންޑްތަކުގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މުޒާހަރާގެ ބައިވެރިންގެ ކިބައިން މައާފަށް އެދެންޖެހޭ ކަމަށް ބުނެ ވަނީ އަޑު އުފުލާފައެވެ.

މީގެ އިތުރުން ފުލުހުން ކުރިއަށްގެންދާ އިންވެސްޓިގޭޝަން މިނިވަން ކަމާއި އެކު ކުރިއަށް ގެންދިއުމަށާއި،މިމައްސަލާގައި ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތައް ހައްޔަރުކޮށް ޕްރޮސެކިއުޓްކުރުމާއި، ފުލުހުން ދޮގު ހެދުން ހުއްޓާލާ، މިހާދިސާގެ ރަނގަޅު މައުލޫމާތު ހިއްސާ ކުރުމުގެ އިތުރުން، މުއްސަނދިންގެ ދަރިންގެ ދިފާއުގައި ފޮރުވައިގެން އިންވެސްޓިގޭޓް ނުކޮށް ހާމަކަން ބޮޑު ގޮތެއްގައި އިންވެސްޓިގޭޓް ކުރުމަށް ވަނީ ޑިމާންޑްކޮށްފަ އެވެ.

އަދި ފުލުހުންގެ ފަރާތުން ޕަބްލިކް އެޕޮލޮޖީއެއް ބޭނުންވާ ކަމަށާއި، މި މައްސަލައިގައި ފުލުހުން އަމަލު ކޮއްފައިވާ ގޮތުގެ އިންޑިޕެންޑެންޓް އިންކުއަރީ އެއް ކުރުމާއި، ދާއޫދާއި ދެންވެސް މިކަމުގައި ޝާމިލްވާ ސަރުކާރުގެ މަޤާމުތަކުގައި ތިބި އެންމެން މަޤާމުން ވަކިކޮށް، ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިސްތިއުފާ ދިނުމަށާއި ހޯމް މިނިސްޓަރ އަލީ އިހްސާން އިސްތިއުފާ ދިނުމަށް މި ދިހަ ޑިމާންޑްގެ ތެރޭގައި ހިމެނެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާއަށް ކުރި ޑިމާންޑާއި އެކު އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓަކުން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާއި ގުޅިގެން މިކަމުގައި ޝާމިލްވާ ކަމަށް ތުހުމަތުކުރެވޭ ރައުދު އަަހުމަދު ޒިލާލް 21، ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޔުމްނު ވެއްޓުނު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގޮސްފައެއް ނުވެ އެވެ. މީޑިޔާތަކަށް ޔުމްނުގެ އާއިލާއިންވެސް މައުލޫމާތު ދެމުން ބުނެފައިވަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ނުބަލާ ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ މިކަން ދޮގުކޮށްފައެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް، "ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" އެއް އުފައްދަވައި، ކޮމިޝަނުގެ ރައީސަކަށް ޑރ މުނައްވަރު ވަނީ އައްޔަންކުރައްވައިފާ އެވެ. މިކޮމިޝަނަށްވެސް އިތުބާރު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިންނާއި ގިނަ ބަޔަކު ދަނީ ބުނަމުންނެ އެވެ.

- ކޮމެންޓް