ކ. މާލެ
|
8 މެއި 2025 | ބުރާސްފަތި 09:14
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު: މެލޭޝިއާގައި ކިޔަވާކުދިން ވަނީ ރައީސް އާއި ބައްދަލުނުކުރަން ނިންމާފައި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު: މެލޭޝިއާގައި ކިޔަވާކުދިން ވަނީ ރައީސް އާއި ބައްދަލުނުކުރަން ނިންމާފައި
ރައީސް އޮފީސް
ތެލެސީމިއާ ފަރުވާ
ތެލެސީމިއާ ކުދިންނަށްޓަކައި ހާމަކުރި ތަޞައްވަރާއި ވީ ވަޢުދުތައް ހަގީގަތަކަށް ހަދައިދޭނަން: ރައީސް މުއިއްޒު
އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތީ އެއް ޤައުމަކީ ދިވެހިރާއްޖެ
ރާއްޖޭގައި ތެލެސީމިއާ އާއި ގުޅޭ ހޭލުންތެރިކަން އިތުރުކޮށް ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ
ރާއްޖޭގެ ރަށްރަށުގައި ތެލެސީމިއާ ތަޙައްމަލު ކުރާ ކުދީންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމަށް ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް

އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދިންގެ އިންސައްތަ އެންމެ މަތީ އެއް ޤައުމަކީ ދިވެހިރާއްޖެކަމަށާއި އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ތެލެސީމިއާ ކުދީންނަށްޓަކައި ހާމަކުރި ތަޞައްވަރާއި ވީ ވަޢުދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ތެލެސީމިއާ ދުވަހު ފޮނުއްވި ޚިޠާބުގައެވެ.

ތެލެސީމިއާ ދުވަހާއި ގުޅުވައި ބުރާސްފަތި ދުވަހު ރައީސް މުއިއްޒު ދެއްވި ޚިޠާބުގައި ވިދާޅުވީ އެމަނިކުފާނުގެ ހެޔޮ ދުޢާތަކާއި، ހިތުގެ އިޚްލާޞްތެރި ކުލުނާއި ލޯބި ވަނީ، ތެލެސީމިއާގެ އުނދަގޫތައް ތަޙައްމަލު ކުރަމުންދާ ކުދީންނާއި ޢާއިލާތަކާ އެކުގައި ކަމަށެވެ.

ރައީސް ވިދާޅުވީ އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތީ އެއް ޤައުމަކީ ދިވެހިރާއްޖެކަމަށާއި އާބާދީގެ ކޮންމެ 18 މީހުން ކުރެ އެކަކީ، ތެލެސީމިއާ ވާރުތަވުމުގެ ފުރުޞަތު އޮތް ކެރިއަރެއް ކަމަށެވެ.

އެހެންކަމުން، ތެލެސީމިއާ އާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ދިވެހި ރާއްޖޭގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށުގައި، ތެލެސީމިއާ ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކުމެ ދުވާލާއި ރޭގަނޑުވެސް އުނދަގޫ އެތައް ކަމެއް ބަރުދާސް ކުރާނެކަމަށާއި އެކުދީން ޞިއްޙަތު ސަލާމަތުން ބޭތިއްބުމަށާއި، ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެކަނި ފަރުވާއެއް ނޫނެވެ. އެކުދީންނާ އޯގާތެރިކޮށް މުޢާމަލާތު ކުރުމާއި، އުނގަންނައިދިނުމާއި، އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި، އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން މި ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭން ޖެހެއެވެ.

ރައީސް ޑރ، މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އެމަނިކުފާނު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ތެލެސީމިއާ ކުދީންނަށްޓަކައި ހާމަކުރި ތަޞައްވަރާއި ވީ ވަޢުދުތައް ހަގީގަތަކަށް ހަދައިދޭނަ ކަމަށެވެ.

އަދި މީގެ އިތުރުން ތެލެސީމިއާ ކުދީންނާއި ޢާއިލާތަކާއި ބައްދަލުވެ، އެފަރާތްތަކުގެ އަޑުއަހައި، އަދި އެ ކުދީންނަށް ފަރުވާ ދޭގޮތް ސީދާ ލޮލުން ދުށުމަށް ފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން، ކުރާ މަސައްކަތުން، ތެލެސީމިއާ ކުދީންނާއި ޢާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ދިވެހީންނަކީ އިޙްސާންތެރިކަމާއި އަޅައިލުމުގައި ލާމަސީލު ނަމޫނާބައެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ތެލެސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖްތަމަޢު ބައިވެރިވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އަދި އެ ކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްޤީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި ކޮންމެ ދިވެހި ރައްޔިތަކުމެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މިއަދަކީ ދުނިޔޭގެ ތެލެސީމިއާ ދުވަހެވެ. ތެލެސީމިއާ އަކީ މިއަދު ރާއްޖޭއަށް ކުރިމަތިވެފައިވާ ސިއްޙީ އެންމެ ބޮޑު އެއްމައްސަލަ އެވެ. މިބަލި ޖެހެނީ ތެލެސީމިއާ ވާރުތަކުރާ ދެ ކުރިއެރުން މެދުވެރި ވެގެންނެވެ. މިގޮތުން ރާއްޖޭގެ އާބާދީގެ 18 އިންސައްތަ މީހުންނަކީ ތެލަސީމިއާވާރުތަކުރާ ގޮތް ހުންނަ މީހުން ނުވަތަ ކެރިއަރުން ކަމަށް ހިސާބުތަކުން ދައްކައެވެ.

ކެރިއަރުންނަކީ ބަލިމީހުން ނޫން ކަމުގައި ވިޔަސް ދެ ކެރިއަރުން ކައިވެނިކޮށްގެން ލިބޭ ދަރިންނަށް މިބަލިޖެހުމުގެ ފުރުޞަތު އޮންނަ ކަމަށް ސިއްހީ ހޯދުން ތަކުން ދައްކައެވެ.

- ކޮމެންޓް