ކ. މާލެ
|
8 މެއި 2025 | ބުރާސްފަތި 09:15
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަދި އެ ޓީމުގެ ބައެއް ކުޅުންތެރިން
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަދި އެ ޓީމުގެ ބައެއް ކުޅުންތެރިން
ރޮއިޓަރސް
އާސެނަލް
އާޓެޓާ ބުނީ ޗެމްޕިއަންސް ލީގުގައި އެންމެ ރަނގަޅީ އާސެނަލް ކަމަށް
މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ އާސެނަލް އަށް ނުލިބުނު ނަމަވެސް، އާޓެޓާ ބުނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އެންމެ ރަނގަޅަށް ކުޅުނީ އާސެނަލް ކަމަށެވެ.

މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ރަނގަޅީ އާސެނަލް ކަމަށާއި، އާސެނަލަށް ވުރެ ރަނގަޅަށް ކުޅުނު އެހެން ޓީމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. މި ނާކާމިޔާބާ އެކު އާސެނަލް އިން މި ސީޒަން ވެސް ނިންމާލަން ޖެހުނީ ތައްޓެއް ކާމިޔާބު ނުކުރެވި އެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ ސެމީ ފައިނަލްގެ ދެ ލެގަށް ބަލާއިރު. 160 މިނެޓުގައި އެންމެ ރަނގަޅަށް ކުޅުނީ އާސެނަލް ކަމަށެވެ. އަދި އެކަން ޕީއެސްޖީން ވެސް ޤަބޫލު ކުރާ ކަމަށް އޭނާ ބުންޏެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ އާސެނަލް އަށް ނުލިބުނު ނަމަވެސް، އާޓެޓާ ބުނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އެންމެ ރަނގަޅަށް ކުޅުނީ އާސެނަލް ކަމަށެވެ.

މީގެ އިތުރުން އާޓެޓާާ ބުނީ ސެމީ ފައިނަލްގެ ދެ ލެގުގެ މެޗަށް ބަލާއިރު، ޕީއެސްޖީން އެންމެ ރަނގަޅަށް ކުޅުނީ އެ ޓީމުގެ ގޯލު ކީޕަރު ޖިއާންލުއީޖީ ޑޮންނަރުންމާ ކަމަށެވެ. ޚާއްސަކޮށް އެ ދެ ލެގުގައި ވެސް، ދަނޑު މަތީގައި ޕީއެސްޖީ އަށް ތަފާތު ކަމެއް ދައްކައިދިނީ އޭނާ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން އާޓެޓާ ބުނީ އާސެނަލް އިން ވަރަށް މަސައްކަތް ކުރި ކަމަށާއި، ފައިނަލާ ގާތަށް އެ ޓީމު ޖެހިލި ކަމަށެވެ. ނަމަވެސް، ނަތީޖާ ނިކުތީ އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށާއި، އާސެނަލް މުބާރާތުން ވަކިވާން ޖެހުމަކީ އެންމެ ބޭނުންވި ގޮތް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އޭނާ އަށް ފެނުނު ތަނުގައި، އެންމެ ރަނގަޅަށް ކުޅުނީ އާސެނަލް ކަމަށް އާޓެޓާ ބުންޏެވެ. ޗެމްޕިއަންސް ލީގަކީ ތަފާތު މުބާރާތެއްކަން ފާހަގަކޮށް އާޓެޓާ ބުނީ، އާސެނަލަށް އެއަށްވުރެ ރަނގަޅު ގޮތެއް ހައްގު ކަމަށެވެ.

ނަމަވެސް މުބާރާތުން ކަޓައިގެން ދިޔުމަކީ ހިތްދަތިވާ ކަމެއް ކަމަށާއި، އެކަމާ އިންތިހާ އަށް ދެރަވާ ކަމަށް އާޓެޓާ ބުންޏެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފައިނަލްގައި އޮންނަން ބޭނުންވާ ނަމަ، އަދި ވެސް އާސެނަލް އިން ބައެއް ކަހަލަ ކަންކަން ކުރަން ޖެހޭކަން ޤަބޫލު ކުރާ ކަމަށެވެ.

- ކޮމެންޓް