Advertisement
ކ. މާލެ
|
5 ނޮވެންބަރ 2025 | ބުދަ 09:07
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ޔުއެފާ ޗެމްޕިއަންސް ލީގު
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، އާސެނަލް އިން އަދި ވެސް އިތުރު ކަންކަން ބޭނުންވާ ކަމަށެވެ. ޚާއްސަކޮށް އާސެނަލް އަށް އަދި ވެސް ރަނގަޅު ކުރެވޭނެ ވަރަށް ގިނަ ކަންކަން ހުރި ކަމަށާއި، ޓީމުގައި މިވަގުތު އޮތީ ވަރަށް ރަނގަޅު ވިސްނުމެއް ކަމަށް އޭނާ ބުންޏެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްލާވިއާ ޕްރާގޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން އެ ޓީމުގެ މޮޅުވުން ދަމަހައްޓައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އާސެނަލް އިން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް އާސެނަލް އަށް ލީޑު ނަގައިދިނީ ބުކަޔޯ ސަކާ އެވެ.

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އާސެނަލް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ލިއާންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލް އަށް އެ ލަނޑު ޖަހައިދިނީ މިކޭލް މެރީނޯ އެވެ.

މެޗުގައި އާސެނަލްގެ ތިން ވަނަ ލަނޑު ވެސް ޖެހީ މެރީނޯ އެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި މެރީނޯ އާސެނަލްގެ ތިން ވަނަ ލަނޑު ޖެހިއިރު، އެ ލަނޑު އޭނާ ޖެހީ ޑެކްލަން ރައިސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، އާސެނަލް އިން އަދި ވެސް އިތުރު ކަންކަން ބޭނުންވާ ކަމަށެވެ. ޚާއްސަކޮށް އާސެނަލް އަށް އަދި ވެސް ރަނގަޅު ކުރެވޭނެ ވަރަށް ގިނަ ކަންކަން ހުރި ކަމަށާއި، ޓީމުގައި މިވަގުތު އޮތީ ވަރަށް ރަނގަޅު ވިސްނުމެއް ކަމަށް އޭނާ ބުންޏެވެ.

އާޓެޓާ ބުނީ އާސެނަލްގެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތާއި، ދައްކަމުން އަންނަ ކުޅުން އަދި ހޯދަމުން އަންނަ ނަތީޖާއާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އެހެން ނަމަވެސް، އަދި ވެސް އެންމެ ފުރިހަމަ އަށް ކަންކަން ނުކުރެވޭ ކަމަށް އާޓެޓާ ބުންޏެވެ. އަދި ވެސް ރަނގަޅު ކުޅުމެއް ދައްކައި، ޑިފެންސްގައި ރަނގަޅަށް ކުޅެ، އަދި ގިނަ ލަނޑުތަކެއް ޖަހަން މަސައްކަތް ކުރެވޭނެ ކަަމަށް އޭނާ ވަނީ ބުނެފަ އެވެ.

މޮޅާއެކު އާސެނަލް ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާ އެކު އެވެ. އެއް ވަަނައިގައި ބަޔާން މިއުނިކް އަށް ވެސް 12 ޕޮއިންޓު ލިބޭއިރު، އެ ޓީމު ކުރި ހޯދަނީ ލަނޑުގެ ގޮތުންނެވެ. އާޓެޓާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި އާސެނަލް ރަނގަޅު ނަތީޖާ ތަކެއް ހޯދަމުން އަންނައިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް އެ ޓީމު އޮތީ އެއް ވަނައިގަ އެވެ.

- ކޮމެންޓް