ހ. ވައިލެޓް ގޭގެ ހަތަރު ވަނަ ފަންގިފިލާގެ ފާހާނާ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ދަނީ މިސަރަހައްދުގައި ހަރަކާތްތެރިވަމުންނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނަށް މިކަން ރިޕޯޓްކޮށްފައިވަނީ ދަމާސް ފަރުނީޗަރ ފިހާރަ ހުންނަ ސަރަހައްދުން ވަރަށް ބޮޑަށް ކުނިވަސް ދުވާތާ 4 ވަރަކަށް ދުވަސްވެގެން ބަޔަކު ރިޕޯޓްކޮށްގެން ކަމަށެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނުނީ ކުނިވެފައި އޮތް މީހެކެއެވެ. ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ ގ. ލަންކާ/ އަބްދުﷲ މުފީދު 46 އަހަރު ކަމަށެއެވެ.
މިހާދިސާއާއި ގުޅިގެން އިތުރު ތަފްސީލް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.