ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ބުދަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ކުރަން ނިންމައިފި އެވެ.
މިނިސްޓަރ އަމީން މަޖިލީހަށް ހާޒިރު ކުރަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް، މިނިސްޓަރ އަމީންއާއި ސުވާލުކުރުމަށެވެ.
މިނިސްޓަރާއި ސުވާލުކުރަނީ އެމްޓީސީސީ ޓެކްސީ ފެށުމުން ޓެކްސީ ކުރާ ފަރާތްތަކަށް ގެއްލުން ނުވާނެ ކަމަށް ވިދާޅުވެފައި ވާތީއާއި، މިވާހަކައަކީ އެއްވެސް ތަހުލީލެއް ކުރެވިގެން ވިދާޅުވެފައިވާ ވާހަކައެއް ނަމަ އެތަހުލީކުގެ ރިޕޯޓް މަޖިލީހައި ހިއްސާ ކޮށްދިނުމަށާއި މިވާހަކައަކީ އެއްވެސް ތަހުލީލު ކުރެވިގެން ވިދާޅުވެފައިވާ ވާހަކައެއް ނޫންނަމަ އެމްޓީސީސީ ޓެކްސީ ފެށުމުން މިހާރު ޓެކްސީ ކުރާ ފަރާތްތަކށް ގެއްލުން ނުވާނީ ކީއްވެ އަދި ކިހިނެއްކަން ވިދާޅުވެ ދެއްވުމަށެވެ.
ޓެކްސީ ޑްރައިވަރުން ދަނީ ސަރުކާރުން ޓެކްސީ ލައިން ތަޢާރްފުކުރަން ކުރަމުންދާ މަސައްކަތާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެއެވެ. އަދި މިގޮތަށް ސަރުކާރުން މިއަމަލު ކުރަނީ ޓެކްސީ ޑްރައިވަރުންނާއި އެއްވެސް މަޝްވަރާކުރުމެއްނެތި ކަމަށާއި މިކަމުގައި ސަރުކާރުގެ އެއްވެސް އެއްބާރުލުމެއް ނެތް ކަމަށް ޑްރައިވަރުން ދަނީ ބުނަމުންނެއެވެ.