މާންދޫގެދެކުނުގެ އަކީ އާއިލާގެ އިތުރު ތިން މީހުންގެ ނަން މަތީގައި ހުރި ގެއެއް ކަމަށާއި އެ އިމާރާތުގެ ތެރޭގައި ހިނގާ ހުރިހާ ކަމަކަށް ޒިންމާ ވާން ނުޖެހޭނެ ކަމަށް ޓްރާސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އަމީން މިފަދައިން ވިދާޅުވެފައި ވަނީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވިކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ނެވެ.
މިނިސްޓަރ އަމީން ވިދާޅުވީ މާންދޫގެދެކުނުގެއަކީ އޭނާގެ އިތުރުން އެއްބަނޑުއެއްބަފާ އިތުރު ތިން މީހުންގެ ނަން މަތީގައި ހުރި ގެއެއް ކަމަށެވެ. އެހެން ކަމުން އޭނާގެ ސީދާ ބާރު ހިނގަނީ އޭނާގެ އަމިއްލަ އާއިލާ ދިރިއުޅޭ ބައިތަކަށް އެކަނި ކަމަށް އަމީން ވިދާޅުވި އެވެ.
އަދި އެ ގޭގެ އެންމެން ބޭނުންކުރާ ތަންތަނުގައި ކުރާ ކަންކަމަކީ އެބޭފުޅުންގެ އަމިއްލަ ކަންކަން ކަމަށާއި އެ ފަރާތްތަކުން ކުރާކަންކަމުގައި ޒިންމާ ވާން ޖެހިވަޑައިގަންނަވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަމީން ވިދާޅުވި އެވެ.
އަދި އެ އިމާރާތުގައި ހުންނަ އެ ތަންތަނަކީ އެތަނުގައި ދިރިއުޅޭ ހުރިހާ އެންމެނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ހުންނަ ތަންތަނަށް ވުމުން އެކަމުގެ ޒިންމާ ނަގަން އޭނާއާއި ޖެހިވަޑައިނުގަންންވާނޭ ކަމަށް އަމީން ވިދާޅުވި އެވެ.
"އެހެންކަމަށްވާނަމަ އެއް މެދު އިމާރާތެއްގައި އެތައް ބަޔަކު އެޕާޓްމަންޓްތަކެއް ނުވަތަ މުޅި އިމާރާތް މިލްކު ކުރާ ހާލަތްތަކުގައި ޖިނާއީ ކުށެއް ކޮށްފިނަމަ އޭގެ ޒިންމާ ވަކި އޯނަރެއް އޭނާ ވަކިމަގާމެއްގައި އަދާކުރާތީ ނަގަންޖެހޭ ގާނޫނީ ނުވަތަ ބުއްދީގެ ހުއްޖަތެއް ނެތް
ޓްރާންސްޕޯޓް މިނިސްޓަރު އަމީން![]()
އަމީން އިތުރަށް ވިދާޅުވީ މާންދޫ ދެކުނުގޭގައި ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށްގެން ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގާފައިވާކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ނިންމާފައިނުވާ ކަމަށެވެ.
މިއާއެކު ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު ހާދިސާ ބެލުމަށްފަހު އެއްވެސް ފަރާތަކުން މިފަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
ހަމައެއާއިއެކު މިނިސްޓަރު އަމީންގެ މައްޗަށް ތުހުމަތު ކުރެވުނު އިތުބާރު ނެތް މައްސަލާގައިވެސް ގާނޫނާ ހިލާފުކަމެއް މެންބަރުންނަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޔުމްނު ވެއްޓުމުގެ ހާދިސާ ހިނގުމުގެ ކުރިން އަމީން ދިރިއުޅުއްވާ ގޭގެ ޓެރަހުގައި ޕާޓީއެއް ބޭއްވިކަމުގެ ތުހުމަތު ކުރެވުމާ ގުޅިގެން ސީސީޓީވީ ފްޓޭޖް ހޯދަން ފުލުހުން އެދުމުން އެގެއިން ބުނެފައި ވަނީ ކެމެރާތައް ހަލާކުވެފައިވާ ކަމަށެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި އިތުރު އަށް މީހަކު މާންދޫދެކުނު ގޭގައި ހަރަކާތްތެރިވި ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން އޭރުގެ ޕޮލިސް ކޮމިޝަނަރު ނޫސް ކޮންފަރެންސްއެއް ބޭއްވި ވަގުތު މިނިސްޓަރު އަމީން ކޮމިޝަނަރަށް ގުޅުއްވިކަން ވަނީ ހާމަވެފަ އެވެ. އެކަމާ ގުޅިގެން އަމީން ވިދާޅުވީ އޭނާ ކޮމިޝަނަރަށް ގުޅުއްވީ ކޯޓް އަމުރަކާ ނުލައި ވެސް އެގެއަށް ވަދެވޭނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުންކަމަށެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ޔުމްނު ވެއްޓުނު ހާދިސާ ހިނގުމުގެ ކުރިން މާންދޫދެކުނު ގޭގައި މަސްތު ޕާޓީއެއް ހިންގި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.
ނަމަވެސް ޖަވާބުދާރީވެވަޑައިގަންނަވަމުން އަމީން މިއަދު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާ އާއި މާންދޫގެކުނު ގެއާ އެއްވެސް ގުޅުމެއް އޮތްކަން ތަހުގީގީ އެއްވެސް އިދާރާއަކުން މިހައިތަނަށް އަންގާފައި ނުވާ ކަމަށެވެ.