ކ. މާލެ
|
5 މެއި 2025 | ހޯމަ 11:11
ޖަރުމަނު ލީގުގައި ބަޔާނުން ކުޅުނު މެޗެއްގައި އެ ޓީމުގެ ކުޅުންތެރިން
ޖަރުމަނު ލީގުގައި ބަޔާނުން ކުޅުނު މެޗެއްގައި އެ ޓީމުގެ ކުޅުންތެރިން
ރޮއިޓަރސް
ޖަރުމަން ލީގު
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ބަޔާންގެ މި ކާމިޔާބީ އެންމެ ޚާއްސަވާ ކުޅުންތެރިޔަކީ، މިދިޔަ ސީޒަންގައި އެ ޓީމަށް ބަދަލުވި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. މިއީ ކޭންގެ ސީނިއާ ކެރިއަރުގައި އޭނާ އަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތައްޓެވެ.

ޖަރުމަނު ލީގުގައި ފްރެއިބާގަށް ދެކޮޅަށް ކުޅުނު މެޗުން ބަޔާ ލެވަކޫސަން އެއްވަރުވުމުން، ބަޔާން މިއުނިކް އަށް ލީގު ޗެެމްޕިއަންކަން ލިބިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ފްރެއިބާގް އަދި ލެވަކޫސަން ބައްދަލު ކުރި މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ފްރެއިބާގް އިން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ލެވަކޫސަން އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން އެއްވަރު ކޮށްފަ އެވެ.

މި ނަތީޖާ އާއެކު ބަޔާނަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ. ލީގުގައި ބަޔާނަށް ބާކީ ދެ މެޗު އޮތްއިރު، އެ ޓީމަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. ނަމަވެސް، ލެވަކޫސަން އަށް މޮޅު ނުވެވުމުން، ބަޔާނަށް ލީގު ކަށަވަރުވީ އެވެ.

މިއީ ބަޔާން މިއުނިކް އިން ޖަރުމަނު ލީގު ކާމިޔާބު ކުރީ 34 ވަނަ ފަހަރެވެ. ބަޔާންގެ މި ކާމިޔާބީ އެންމެ ޚާއްސަވާ ކުޅުންތެރިޔަކީ، މިދިޔަ ސީޒަންގައި އެ ޓީމަށް ބަދަލުވި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ.

މިއީ ކޭންގެ ސީނިއާ ކެރިއަރުގައި އޭނާ އަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތައްޓެވެ. ޓޮޓެންހަމް އިން ސީނިއާ ކެރިއަރު ފަށައި، އަދި އިންގްލެންޑުގެ ޤައުމީ ޓީމުގައި އިސް ދައުރެއް އަދާ ކުރަމުން އަންނަ ކޭން އަށް ތައްޓެއް ކާމިޔާބު ނުކުރެވި އޮތެވެ.

ޓޮޓެންހަމް ދޫކޮށް މިދިޔަ ސީޒަންގައި އޭނާ ބަޔާނަށް ބަދަލުވީއިރު، ބަޔާނަށް ވަނީ މިދިޔަ ސީޒަންގެ ޖަރުމަނު ލީގު ގެއްލިފަ އެވެ. އަދި ބަޔާނުން މިދިޔަ ސީޒަން ނިންމާލަން ޖެހުނީ ވެސް ތައްޓެއް ކާމިޔާބު ނުކުރެވި އެވެ.

މިއީ މި ސީޒަނާ ދިމާކޮށް ބަޔާންގެ ކޯޗުކަމާ ހަވާލުވި ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ބަޔާން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ.

- ކޮމެންޓް