ކ. މާލެ
|
4 މެއި 2025 | އާދީއްތަ 09:19
މެޗުގައި ލަނޑު ޖެހުމަށްފަހު ބޯންމައުތުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބޯންމައުތުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ޕްރިމިއަރ ލީގު
ބޯންމައުތުން އާސެނަލް ބަލިކޮށްފި
ބޯންމައުތު އަތުން ބަލިވުމާ އެކު، އާސެނަލް އާއި ތިން ވަަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ ދެމެދު އޮތް ފަރަގު ވަނީ ކުޑަވެފަ އެވެ. ދެ ޓީމު މެދުގައި މިހާރު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ އެވެ.

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯންމައުތުން ވަނީ 2-1 އިން އެ ޓީމުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އާސެނަލް އިންނެވެ. ނަމަވެސް، ބޯންމައުތުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން އާސެނަލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ ޑެކްލަން ރައިސް އެވެ. އެއީ މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބޯންމައުތުން ނަތީޖާ ހަމަހަމަ ކުރީ ޑީން ހައުސަން ޖެހި ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ 75 ވަނަ މިނެޓުގައި ބޯންމައުތަށް ލީޑު ލިބުނީ އެވަނިލްސަން އެވެ.

މި ނަތީޖާ އާއެކު އާސެނަލް ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 35 މެޗުން 67 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ލީގު ޗެމްޕިއަންކަން ލިވަޕޫލް އިން ކަށަވަރު ކޮށްފައިވާއިރު، އާސެނަލް އޮތީ ދެ ވަނައިގަ އެވެ.

ބޯންމައުތު އަތުން ބަލިވުމާ އެކު، އާސެނަލް އާއި ތިން ވަަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ ދެމެދު އޮތް ފަރަގު ވަނީ ކުޑަވެފަ އެވެ. ދެ ޓީމު މެދުގައި މިހާރު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.

- ކޮމެންޓް