ކ. މާލެ
|
3 މެއި 2025 | ހޮނިހިރު 11:04
ސަރުކާރަށް 100 ދުވަސް ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ޓްރަމްޕް ވާހަކަ ދައްކަވަނީ
ސަރުކާރަށް 100 ދުވަސް ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ޓްރަމްޕް ވާހަކަ ދައްކަވަނީ
ރޮއިޓަރސް
އެމެރިކާ
ޓްރަމްޕްގެ އަންނަ އަހަރުގެ ބަޖެޓުގައި ސަލާމަތީ އަދި ބޯޑަރު ސެކިއުރިޓީ އަށް ބޮޑު އިތުރު ވުމެއް
މި ބަޖެޓުގައި ދިފާއީ ނޫން އެހެން ޚަރަދުތައް 20 އިންސައްތަ އިން ކުޑަ ކުރެވިފައިވާއިރު، އެއީ ގާތް ގަނޑަކަށް 163 ބިލިއަން އެމެރިކާ ޑޮލަރެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ ރިޔާސީ ދެ ވަނަ ދައުރުގެ ފުރަތަމަ ބަޖެޓު ޕްރޮޕޯސަލް ހުށަހަޅުއްވައިފި އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ މި ބަޖެޓުގައި ދިފާއީ އަދި ހޯމްް ލޭންޑް ސެކިއުރިޓީ އަށް ބޮޑު އިތުރުވުމެއް ވަނީ ގެނެސްފަ އެވެ. އަދި ސަރުކާރުގެ އެހެން ދާއިރާތަކުގެ ޚަރަދުތައް ވަނީ ބޮޑު ތަނުން ކުޑަ ކުރެވިފަ އެވެ.

މި ބަޖެޓުގައި ދިފާއީ ނޫން އެހެން ޚަރަދުތައް 20 އިންސައްތަ އިން ކުޑަ ކުރެވިފައިވާއިރު، އެއީ ގާތް ގަނޑަކަށް 163 ބިލިއަން އެމެރިކާ ޑޮލަރެވެ.

އެހެން ނަމަވެސް، ދިފާއީ ޚަރަދުތައް ވަނީ 13 އިންސައްތަ އިތުރުކޮށްފަ އެވެ. އެއީ 1.01 ޓްރިލިއަން އެމެރިކާ ޑޮލަރަށެވެ. އަދި ހޯމްލޭންޑް ސެކިއުރިޓީގެ ބަޖެޓު ވަނީ 65 އިންސައްތަ އިން އިތުރު ކުރުމަށް ހުށަހަޅައިފަ އެވެ. 

ވައިޓް ހައުސްގެ އޮފީސް މެނޭޖްމަންޓް އަަދި ބަޖެޓުގެ އިސްވެެރިޔާ ރަސް ވޮއިޓް ވިދާޅުވީ، މި ބަޖެޓުގެ ސަބަބުން ބޯޑަރު ފުރިހަމަ އަށް ރައްކާތެރި ކުރެވޭނެ ކަމަށެވެ.

އަދި ކުރީގެ ސަރުކާރުން ކުރިމަތި ކޮށްފައިވާ "ހަޑި" ސާފުކޮށް، ބޯޑަރު އަދި އެހެނިހެން ދިފާއީ ވަސީލަތްތައް ޚަރުދަނާ ކުރެވޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. 

މި ބަޖެޓާ ގުޅިގެން ޑިމޮކްރެޓްސް ޕާޓީގެ އިސް މެމްބަރު ޗަކް ޝުމާ ވިދާޅުވީ، އެ ބަޖެޓަކީ ޞިއްޙީ ދާއިރާގެ އިތުރުން، ތައުލީމީ ދާއިރާ އަށް ވެސް ބޮޑު ހުރަހަކަށް ވާނެ ކަމަށެވެ.

އަދި އެއީ "ހިތްދަތި" ބަޖެޓެއް ކަމަށާއި، އެ ބަޖެޓާ ދެކޮޅަށް ޑިމޮކްރަޓުން މަސައްކަތް ކުރާނެ ކަަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

- ކޮމެންޓް