ކ. މާލެ
|
3 މެއި 2025 | ހޮނިހިރު 00:28
ކާނިވާ ސަރަހައްދުގައި ކުރިއައްދާ ޒުވާނުންގެ އިހުތިޖާޖުގެ ތެރެއިން: ކުރިން އެއްވަމުން އައީ މަޖީދީ މަގުގަ
ކާނިވާ ސަރަހައްދުގައި ކުރިއައްދާ ޒުވާނުންގެ އިހުތިޖާޖުގެ ތެރެއިން: ކުރިން އެއްވަމުން އައީ މަޖީދީ މަގުގަ
ރާއްޖެއެމްވީ
ޔުމްނު ވެއްޓުނު ހާދިސާ
ޒުވާނުންގެ މުޒާހަރާ ކުރިއަށްވުރެ ގަދަކޮށް ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންގޮސްފި
ސަރުކާރުގެ އިންޒާރާއި އެކު ޒުވާނުންގެ މުޒާހަރާ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންގޮސްފި
ކާނިވާ ސަރަހައްދުގެ އިތުރުން ދެން އެއްވެވޭނީ ރަސްފަންނާއި މާލޭ އިންޑަސްޓްރިއަލް ޒޯން އާއި އުސްފަސްގަނޑަށް

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލާ ޒުވާނުން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާ، ކާނިވާ ސަރަހައްދުގައި ކުރިއަށްވުރެ ފޯރިގަދަކޮށް ކުރިއަށްގެންގޮސްފި އެވެ.

ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ބޭނުންކޮށް ޒުވާނުން ސިލްސިލާކޮށް ކުރަމުން އައި މުޒާހަރާ ކާނިވާ ސަރަހައްދައް ބަދަލުކޮށްފައި މިވަނީ ފުލުހުންގެ އިންޒާރާއި އެކުގައެވެ. މީގެ ކުރިން އެއްވުންތައް ބާއްވަމުން އައީ މަޖީދީ މަގުގަ އެވެ.

ހުކުރު ދުވަހުގެ ރޭގެ އެއްވުން ކާނިވާ ސަރަހައްދަށް ބަދަލުކޮށް، އެ ސަރަހައްދުގައި މުޒާހަރާ ކުރަން ފަސާފައި ވަނީ ހުކުރު ދުވަހުގެ ރޭ 20:30 ގައެވެ.

ޔުމްނުއަށް އިންސާފު ހޯދުމުގެ ނަމުގައި ޒުވާނުން މަޖީދީ މަގުގައި ކުރިއަށް ގެންދިއަ މުޒާހަރާތައް ބާރުގެ ބޭނުންކޮށް ބުރާސްފަތި ދުވަހުގެ ރޭ ރޫޅާލާފައިވާއިރު، ހުކުރު ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ބުނީ ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުންކޮށް، އެއްވުން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުންގެ ގެންދާނެ ކަމަށެވެ.

ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނާއި މާލޭ އިންޑަސްޓްރިއަލް ޒޯން އާއި އުސްފަސްގަނޑަށް އެއްވެވޭނެ ކަމަށް ކަނޑައަޅައި ހޯމް މިނިސްޓްރީން އިއުލާނެއް ވަނީ ހުކުރު ދުވަހުގެ ރޭގައި ގެޒެޓުކޮށްފަ އެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

އެހެން ނަމަވެސް ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިންނަށް ކުރިން އެންގުމަކާއި ނުލައި މިގޮތަށް ވަނުމުން ގިނަ ބަޔަކު ދަނީ ފުލުހުންގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

- ކޮމެންޓް