ކ. މާލެ
|
2 މެއި 2025 | ހުކުރު 13:19
ޣައްޒާގެ ގެއަކަށް އިސްރާއިލުން ދިން ހަމަލާއެއްގައި ބިމާހަމަވެފައިވާ ގެއެއްގެ ތެރޭގައި މީހަކު އިށީންދެގެން
ޣައްޒާގެ ގެއަކަށް އިސްރާއިލުން ދިން ހަމަލާއެއްގައި ބިމާހަމަވެފައިވާ ގެއެއްގެ ތެރޭގައި މީހަކު އިށީންދެގެން
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޣައްޒާގައި މީހުން ދިރިއުޅޭ ވަގުތީ ކޭޕްމްތަކަށް ހަމަލާދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފި
ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނެފައިވަނީ ޣައްޒާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 29 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އިސްރާއިލުން އިތުރު ހަމަލާތަކެއްދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލާފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަޅާފައިވާ ހުރަސްތައް އުވާލައި އިންސާނީ އެހީއަށް ވަނުމުގެ ފުރުސަތު ދިނުމަށް އދ އިން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގައި މީހުން ދިރިއުޅޭ ވަގުތީ ކޭޕްމްތަކަށް އިސްރާއިލުން ހަމަލާދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނެފައިވަނީ ޣައްޒާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 29 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އިސްރާއިލުން އިތުރު ހަމަލާތަކެއްދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލާފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަޅާފައިވާ ހުރަސްތައް އުވާލައި އިންސާނީ އެހީއަށް ވަނުމުގެ ފުރުސަތު ދިނުމަށް އދ އިން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ދެކުނުގެ ޚާން ޔުނިސް ރެފިއުޖީ ކޭމްޕްގައި ހުންނަ އަބޫ ސަހްލޫލް އާއިލާގެ ގެއަށް އިސްރާއީލުން ދިން ހަމަލާއެއްގައި އަށް މީހުން މަރުވެފައިވާ ކަމަށް ސިވިލް ޑިފެންސް އޮފިޝަލް މުހައްމަދު އަލް-މޫގާ ވިދާޅުވެފައިވެއެވެ.

ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޝާފްގެ ޓުފާ އަވަށަށް ދިން ވައިގެ ހަމަލާއެއްގައި އިތުރު ހަތަރު މީހަކު ޝަހީދުވެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ދިން އެހެން ހަމަލާތަކުގައި އިތުރު 17 މީހުން ޝަހިދުވެފައިވާ އިރު، އޭގެ ތެރޭގައި ދީރް އަލް ބާލާހް ކައިރީގައި ގެދޮރު ގެއްލިފައިވާ އާންމުން ދިރިއުޅޭ ޓެންޓަކަށް ދިން ހަމަލާއެއް ވެސް ހިމެނެ އެވެ.

ޚާން ޔުނިސްގައި ދީފައިވާ ހަމަލާތައް ފެނުނު ބަޔަކު އޭއެފްޕީއަށް ކިޔައިދިން ގޮތުގައި އެތަނުން ފެނުނީ ހުރިހާ ގެއެއް ހަލާކޮށްލާ، ކުޑަކުދިންނާއި އަންހެނުންނާއި ޒުވާނުންގެ ބޮލަށް ބޮން އަޅައި ކުދުކުދިކޮށްލާފައިވާ ކަމަށެވެ.

ބޮމުގެ ހަމަލާތައް ދީފައި މިވަނީ ދެ މަހެއްހާ ދުވަސް ވަންދެން މުޅިން އިޒްރޭލުގެ ލޮކްޑައުންގެ ދަށުގައި އޮތް ޣައްޒާގެ އިންސާނީ ހާލަތާ ބެހޭ ގޮތުން ނުރައްކާތެރި އިންޒާރުތަކެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކަރ ތުރުކް ވިދާޅުވީ ޣައްޒާގައި އިޒްރޭލުން އާންމު ރައްޔިތުންގެ މައްޗަށް ތަންފީޒުކުރަމުންދާ ކަންކަމަކީ ޖަމާއަތެއްގެ ގޮތުގައި ފަލަސްތީނުގެ ދެމިއޮތުމާ ވަރަށް ބޮޑަށް ނުގުޅޭ ޝަރުތުތަކެއް ކަމަށެވެ. އަދި ހަނގުރާމައިގެ އުޞޫލެއްގެ ގޮތުގައި ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ހަނގުރާމައިގެ ޖަރީމާއަކަށް ވެދާނެކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

- ކޮމެންޓް