ކ. މާލެ
|
30 އޭޕްރިލް 2025 | ބުދަ 18:47
ޔުމްނު މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު: ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަދައްކަވަނީ
ޔުމްނު މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު: ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޑރ. މުހައްމަދު މުއިއްޒު
ރައީސް މުއިއްޒު, ކޮމިޝަން އުފެއްދެވި މަގުސަދު އެއްވެސް ވަރަކަށް އެނގިނުލައްވާކަމަށް ޑރ. މުނައްވަރު ވިދާޅުވެއްޖެ
ރައީސް މުއިއްޒުގެ ކޮމިޝަން އުފެއްދެވި މަގުސަދު އެއްވެސް ވަރަކަށް އެނގިނުލައްވާ
އެނގިލައްވާހާވެސް އެއްޗަކީ މި ކޮމިޝަނުގެ ޤަރާރާއި މެންޑޭޓް އަދި ޤާނޫނެއް އޮތްކަން

ރައީސް ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަން އުފެއްދެވި މަގުސަދު އެއްވެސް ވަރަކަށް އެނގިނުލައްވާ ކަމަށް އެ ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މުނައްވަރު މިފަދައިން ވިދާޅުވީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ފެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނު ރަޝީދުގެ މައްސަ ބަލަން ރައީސް އުފެއްދި ޚާސަކޮމިޝަނުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރާއްޖޭ ޓީވީގެ ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ޔުމްނު ރަޝީދު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ ރަނގަޅަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން ގެންދާ ގޮތާއި މެދު އާންމުގެ އިތުރުން ޔުމްނުގެ އާއިލާގެ ވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އަދި މި މައްސަލާގެ ތަހުގީގު ހިނގަމުން އަންނަ ވަގުތު ފުލުހުން މި މައްސަލައާއި ގުޅިގެން ދީފައި ހުރި ބައެއް މައުލޫމާތުތަކާއި ގުޅިގެން ވެސް ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް ސުވާލުތައް އުފައްދަމުންނެވެ.

އެހެން ކަމުން ފުލުހުންގެ މި ތަހުގީގުގައި އެތަކެއް ދޮގާއި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ޒުވާނުންނާއި ޔުމްނުގެ އާއިލާއިން އަންނަނީ މިކަމާއި ކަންބޮޑުވުން ފަޅުކޮށް މުޒާހަރާތައް ވެސް ކުރަމުންނެވެ.

ރައީސް މުއިއްޒު އުފެއްދެވި މި ޙާއްސަ ކޮމިޝަނަކީ ޔުމްނުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން ގިނަ އޮޅުވާލުންތަކެއް ހުރުމުން އުފެއްދެވި ކޮ މިޝަނެއްކަމަށް ގަބޫލުފުޅުކުރައްވަންތޯ ކުރި ސުވާލަށް ޖަވާބު ދެއްްވަމުން މުނައްވަރު ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާ މި ކޮމިޝަން އުފެއްދެވި މަގުސަދެއް އެހެން ދަންނަވަން ނޭންގޭ ކަމަށާއި އެހެން ކަމުން އެކަމާއި މެދު ގަބޫލުކުރައްވާނެ ވަކިއެއްޗެއް ވެސް ދަންނަވަން ނޭންގޭ ކަމަށެެވެ.

އެނގޭހާވެސް ކަމަކީ ރައީސް މުއިއްޒު ކޮމިޝަނެއް އުފައްދަވައިފި ކަން ކަމަށާއި އެ ކޮމިޝަނުގެ މަސައްކަތް ހަވާލުކުރައްވައި ކަންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮމިޝަނެއް އުފައްދަވާފައި އެ ކޮމިޝަނުގެ ރައީސަކަށް ލައްވާފައި އެކަން ކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައި ކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ.

އަދި އެނގިވަޑައިގަންނަވާހާ ވެސް ކަމަކީ ޤަރާރަކާއި މެންޑޭޓް އަދި ޤާނޫނެއް ފެންނަން އެބައޮތް ކަންކަމަށް މުނައްވަރު ވިދާޅުވިއެވެ. އޭގެ އިތުރަށް އެއްވެސް ކަމެއް އެނގިނުލައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަންމިހެން ހުރި އިރު މި ކޮމިޝަނަކީ ރައީސް ކޮންމެ ވިސްނުންފުޅެއްގައި، ކޮން މަގުސަދެއްގައި، ކޮން ފަރާތެއްގެ އިހުމާލެއް އޮވެގެން ކޮންކަމެއް ނުކުރެވިގެން އުފެއްދެވި ކޮމިޝަނެއް ކަން އެއްވެސް ގޮތަކަށް އެނގިނުލައްވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

ރައީސް ކޮމިޝަން އުފެއްދެވި މަގުސަދެއް އަދި އެއީ ކޮންކަމަކު އުފެއްދެވި ކޮމިޗަނެއް ކަމެއް ރައީސް އަދި އަޅުގަނޑަކާއި ހިއްސާ ނުކުރައްވާ. އެކަން ހިއްސާ ކުރެއްވީމަ ތިބޭފުޅުންނަށް ދައްނަވާނަން

ކޮމިޝަންގެ ރައީސް ޑރ. މުނައްވަރު

ޔުމްނު އިމާރާތަކުން ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ކޮމިޝަނެއް އުފައްދަވާފައިވާއިރު، ފުލުހުން ވެސް ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ފަށައިފަ އެވެ.

މި މުޒާހަރާތަކުގައި ސީޕީގެ މަގާމުގައި ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތުފާ ދެއްވުމަށް ދަނީ ގޮވާލަމުންނެވެ. މީގެ ތެރެއިން ސީޕީ އަލީ ޝުޖާއު ވަނީ އިސްތިއުފާވެސް ދެއްވާފަ އެވެ.

- ކޮމެންޓް