ކ. މާލެ
|
28 އޭޕްރިލް 2025 | ހޯމަ 12:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
އޭޕީ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ޒެލެންސްކީ ހުންނެވީ ރަޝިޔާ އަށް ކްރިމިއާ ދޫކޮށްލަން ތައްޔާރަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި، ހަނގުރާމަ ހުއްޓުވުމަށްޓަކައި ރަޝިޔާ އަށް ކްރިމިއާ ދޫކޮށްލަން ޒެލެންސްކީ ހުންނެވީ ތައްޔާރަށް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް.

ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ހުންނެވީ، ރަޝިޔާ އަށް ކްރިމިއާ ދޫކޮށްލަން ތައްޔާރަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި، ހަނގުރާމަ ހުއްޓުވުމަށްޓަކައި ރަޝިޔާ އަށް ކްރިމިއާ ދޫކޮށްލަން ޒެލެންސްކީ ހުންނެވީ ތައްޔާރަށް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. 

ޓްރަމްޕް މި ގޮތަށް ވާހަކަ ދައްކަވާފައި ވަނީ ފްރާންސްގެ ޕޯޕް ފްރާންސިސްގެ ޖަނާޒާގައި ބައިވެރިވުމުގެ ތެެެރެއިން، ޒެލެންސްކީއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. 

ހޯމަ ދުވަހު ނޫސްވެރިން ވެސް ވަނީ ޓްރަމްޕްއާ އެ ސުވާލު ކޮށްފަ އެވެ. އެގޮތުން ކްރިމިއާ ދޫކޮށްލަން ޒެލެންސްކީ ހުންނެވީ ތައްޔާރަށްތޯ އެއްސެވުމުން ޓްރަމްޕް ވިދާޅުވީ، އޭނާ ޤަބޫލު ކުރައްވާ ގޮތުގައި ޒެލެންސްކީ ހުރީ އެކަމަށް ތައްޔާރަށް ކަމަށެވެ. 

ޓްރަމްޕް ވިދާޅުވީ އެންމެ ފަހުން ޒެލެންސްކީއާ އެކު ބޭއްވުނު މަޝްވަރާގައި ވެސް، ކަޅު ކަނޑުގެ ޕެނިންސުލާގެ މުސްތަޤުބަލާ ގުޅޭ ގޮތުން "ކުރުކޮށް" މަޝްވަރާ ކޮށްފައިވާ ކަމަށެވެ. 

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ދެ ވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގެންނެވި ފަހުން ޓްރަމްޕް އަންނަނީ، ޔުކްރެއިންގެ ހަނގުރާމަ ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

މިފަހަކަށް އައިސް ޓްރަމްޕް ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ވެސް ދައްކަވައިފަ އެވެ. އެގޮތުން ޕުޓިންއާ މެދު ދެކެމުން އަންނަ ގޮތް ބަދަލު ކުރަން ޖެހިދާނެ ކަމަށް ވެސް ޓްރަމްޕް ވަނީ މި ފަހުން ވިދާޅުވެފަ އެވެ. 

- ކޮމެންޓް