ވިނަރެސް އެޕާޓްމަންޓަކުން ހަބަރު ހުސްވެފައި އޮތް ޒުވާން އަންހެނެއް ފެނިއްޖެއެވެ.
ހޯމަ ދުވަހު ފުލުހުން ބުނީ ހުޅުމާލެ ފޭސް-2 ވިނަރެސް ފްލެޓެއްގެ ތެރެއިން އަންހެނަކު ރޯ އަޑު އިވޭ ކަމަށް 28 އޭޕްރީލް 2025 ވަނަ ދުވަހު ދުވަހު ހެނދުނު 6:05 އެހާއިރު، ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެޓެންޑްވެ ގަދަކަމުން ދޮރުހޮޅުވައި ބެލިއިރު، ހަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިފައިވާ ކަމަށެވެ.
އެއީ 21 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ އާއިލާއިން ކަމަށާއި، އެވަގުތު އަންހެން މީހާ އޮތް ކޮޓަރީގައި އިތުރު މީހަކުނެތް ކަމަށެވެ. ނަމަވެސް އެޕާޓްމަންޓްގައި އާއިލާގެ މީހުން ތިބި ކަމަށް ފުލުހުން ބުނެއެވެ.
އެޒުވާނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، އިތުރު ތަފްސީލެއް ހިއްސާކޮށްފައިނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.