ކ. މާލެ
|
27 އޭޕްރިލް 2025 | އާދީއްތަ 14:21
ރަޝިޔާގެ ރައީސް ޕުޓިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ވިކްޓޮފްއާ ސަލާމް ކުރައްވަނީ
ރަޝިޔާގެ ރައީސް ޕުޓިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ވިކްޓޮފްއާ ސަލާމް ކުރައްވަނީ
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ޝަރުތަކާ ނުލައި މަޝްވަރާ ކުރުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
ރަޝިޔާގެ ތަރުޖަމާނު ދިމިތްރީ ޕެސްކޮވް ވިދާޅުވެފައިވާ ގޮތުގައި، މިއީ ކުރިން ވެސް ޕުޓިން ތަކުރާރުކޮށް ވިދާޅުވެފައިވާ ވާހަކައެއް ކަމަށް.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ނިންމުމަށް، އެއްވެސް ޝަތުތަކާ ނުލައި މަޝްވަރާ ކުރެއްވުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ހުންނެވީ ތައްޔާރަށް ކަމަށް އެ ޤައުމުން ހާމަކޮށްފި އެވެ.

ޕުޓިން އެފަދައިން ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް އާއެކު ހުކުރު ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ. 

ރަޝިޔާގެ ތަރުޖަމާނު ދިމިތްރީ ޕެސްކޮވް ވިދާޅުވެފައިވާ ގޮތުގައި، މިއީ ކުރިން ވެސް ޕުޓިން ތަކުރާރުކޮށް ވިދާޅުވެފައިވާ ވާހަކައެއް ކަމަށެވެ. 

ނަމަަވެސް މީގެ ކުރިން ރަޝިޔާގެ ފަރާތުން ހުށަހަޅާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ޔުކްރެއިން އިން ސަރަަހައްދުތަކެއް ދޫކޮށްލުމަށާއި، ނޭޓޯގެ މެމްބަރުކަން ދޫކޮށްލުމުގެ އިތުރުން، އަސްކަރީ ބާރުވެރިކަން ކުޑަ ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޕުޓިން އާއި ވިކްޓޮފް ވަނީ ތިން ގަޑިއިރުގެ ދިގު މިނަކަށް ވާހަކަ ދައްކަވައިފަ އެވެ. 

ބައެއް ފަރާތްތަކުން މި ބައްދަލުވުން ސިފަ ކޮށްފައި ވަނީ ކާމިޔާބު އަދި ކުރި މަގަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގަ އެވެ. މި ބައްދަލުވުމުގައި ވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ސީދާ މަޝްވަރާތަައް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެންދާ މި ހަނގުރާމަ ފެށުނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ސީދާ މަޝްވަރާތަކެއް ބޭއްވިފައި ނުވެ އެވެ.

- ކޮމެންޓް