ކ. މާލެ
|
27 އޭޕްރިލް 2025 | އާދީއްތަ 09:38
މައިންޒާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާންގެ ކުޅުންތެރިން
މައިންޒާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާންގެ ކުޅުންތެރިން
ރޮއިޓަރސް
ޖަރުމަން ލީގު
މައިންޒް ބަލިކޮށް، ބަޔާނުން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް
ލީގުގައި ބަޔާނުން އަންނަ ހަފުތާގައި އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، އެ ޓީމަށް ލީގު ކާމިޔާބު ކުރެވޭނެ އެވެ.

ޖަރުމަނު ލީގުގައި މައިންޒާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކުން ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ މައިންޒާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ލެރޯއީ ސާނޭ އެވެ. އެއީ ކޮނާޑް ލައިމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، މައިކަލް އޮލައިސޭ ވަނީ ލަނޑު ޖަހައި ބަޔާނަށް ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން އޮލައިސޭ އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ލައިމާ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި، ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ބަޔާންގެ ތިން ވަނަ ލަނޑު ޖެހީ އެރިކް ޑަޔާ އެވެ. އެއީ އޮލައިސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މޮޅާއެކު ބަޔާނުން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 31 މެެޗުން 75 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަން އަށް ލިބެނީ 67 ޕޮއިންޓެވެ.

ލީގުގައި ބަޔާނުން އަންނަ ހަފުތާގައި އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، އެ ޓީމަށް ލީގު ކާމިޔާބު ކުރެވޭނެ އެވެ.

- ކޮމެންޓް