ކ. މާލެ
|
27 އޭޕްރިލް 2025 | އާދީއްތަ 00:49
އިމާރާތުން ވެއްޓި އަނިޔާވި ޔުމްނު - އިތުރު ފަރުވާއަށް މިހާރު ވަނީ މެލޭޝިއާއަށް ފުރާފަ
އިމާރާތުން ވެއްޓި އަނިޔާވި ޔުމްނު - އިތުރު ފަރުވާއަށް މިހާރު ވަނީ މެލޭޝިއާއަށް ފުރާފަ
ރާއްޖެއެމްވީ
ޔުމްނު ވެއްޓުނު ހާދިސާ
އިމާރާތުން ވެއްޓި އަނިޔާވި ޔުމްނު އިތުރު ފަރުއާއަށް މެލޭޝިޔާއަށް ފުރައިފި
އާއިލާއިން މެލޭޝިޔާއަށް ޔުމްނު ގޮވައިގެން އިތުރު ފަރުވާ ދިނުމަށް ފުރާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގައި

މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެ އިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިތުރު ފަރުވާ ދިނުމަށް އޭނާ ގޮވައިގެން އާއިލާއިން މެލޭޝިޔާއަށް ފުރައިފި އެވެ.

ޔުމްނު ގޮވައިގެން އޭނާގެ އާއިލާއިން މެލޭޝިޔާއަށް ފުރީ ހޮނިހިރު ދުވަހުގެ ރޭ 9:00 ގަ އެވެ. ޔުމްނު ގޮވައިގެން އާއިލާއިން ފުރީ ސަރުކާރުން ހަމަޖައްސައިދިން 385،500ރ. އާއި އާންމުން ހަދިޔާކުރި ހަ ލައްކަ ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ހިފައިގެންނެވެ.

މާލޭގެ އިމާރާތަކުން ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ޔުމްނު ފެނުނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިސް ވަގުތުގަ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނީ މީހަކު އޭނާ ވައްޓާނުލާކަން ތަހުގީގަށް ކަށަވަރުކުރެވޭ ކަމަށެވެ.

އެ ހާދިސާ ހިނގިރޭ ޔުމްނުއާ އެކު އުޅުނު އެންމެންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ. އަދި އެ އެންމެންގެ މޮބައިލް ފޯނު ވެސް ވަނީ ހިފަހައްޓާފަ އެވެ. އެއީ ޖުމްލަ 9 މީހުންނެވެ.

ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން އޭނާއާ އެކު އެ ވަގުތު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް ވަނީ ޖަހާފަ އެވެ.

ރައުދު ބަންދުގައި ބެހެއްޓުމަށް ނެރުނު ކޯޓު އަމުރުގައި ވާގޮތުން ޔުމްނު ވެއްޓުމުގެ ކުރިން އެރޭ ރައުދުއާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށް ބުނެވެ އެވެ.

އަދި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.

- ކޮމެންޓް