ކ. މާލެ
|
26 އޭޕްރިލް 2025 | ހޮނިހިރު 01:12
ޒުވާނުންގެ މުޒާހަރާ  - 25-04-2025
ޒުވާނުންގެ މުޒާހަރާ - 25-04-2025
ރާއްޖެއެމްވީ
ދުލެއް ނުކުރާނަން އިހްތިޖާޖް
ރައީސް މުއިއްޒު މުޒާހަރާގެ ބައިވެރިންގެ ކިބައިން މައާފަށް އެދެންޖެހޭ ކަމަށް ބުނެ އިތުރު 10 ޑިމާންޑެއްކޮށްފި
ވަޒީރުންގެ އިސްތިއުފާއަށް ގޮވާލާފައިވޭ
އިންސާފު ނުލިބެނީސް މުޒާހަރާ ހުއްޓާނުލާނެ ކަމަށް ދަނީ ބުނަމުން

ރައީސް ޑރ. މުހައްމަދު މުއިއްޒު މުޒާހަރާގެ ބައިވެރިންގެ ކިބައިން މައާފަށް އެދެންޖެހޭ ކަމަށް ބުނެ އިތުރު 10 ޑިމާންޑެއްކޮށްފި އެވެ.

ހުކުރު ދުވަހުގެ ރޭ ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދުމަށް ގޮވާލާ މާލޭގެ މަގުތަކުގައި ކުރިއަށްދިޔަ މުޒާހަރާގައި،މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް ޑިމާންޑްތަކެއް ކޮށްފައެވެ.

އޭގެ ތެރޭގައި

  • - ފުލުހުން ކުރިއަށްގެންދާ އިންވެސްޓިގޭޝަން މިނިވަން ކަމާއި އެކު ކުރިއަށް ގެންދިއުން
  • - މިމައްސަލާގައި ތުހުމަތު ކުރެވޭ ނެޕޯ ބޭބީސް ހައްޔަރު ކޮށް ޕްރޮސެކިއުޓްކުރަން
  • - ފުލުހުން ދޮގު ހެދުން ހުއްޓާލާ، މިހާދިސާގެ ރަނގަޅު މައުލޫމާތުދިނުން
  • - މުއްސަނދިންގެ ދަރިންގެ ދިފާއުގައި ފޮރުވައިގެން އިންވެސްޓިގޭޓް ނުކޮށް ހާމަކަން ބޮޑު ގޮތެއްގައި އިންވެސްޓިގޭޓް ކުރުން
  • - ފުލުހުންގެ ފަރާތުން ޕަބްލިކް އެޕޮލޮޖީއެއް ބޭނުން
  • _ މި މައްސަލައިގައި ފުލުހުން އަމަލު ކޮއްފައިވާ ގޮތުގެ އިންޑިޕެންޑެންޓް އިންކުއަރީ އެއް ކުރުން.
  • - ދާއޫދާއި ދެންވެސް މިކަމުގައި ޝާމިލްވާ ސަރުކާރުގެ މަޤާމުތަކުގައި ތިބި އެންމެން މަޤާމުން ވަކިކުރުން
  • _ ކޮމިޝަނަރ އޮފް ޕޮލީސް އަލީ ޝުޖާއު އިސްތިއުފާ
  • ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިސްތިއުފާ
  • ހޯމް މިނިސްޓަރ އަލީ އިހްސާން އިސްތިއުފާ

މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އިންސާފް ނުލިބޭ ހާ ހިނދަކު މުޒާހަރާތައް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށެވެ. ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވަމުންދާ މިމުޒާހަރާގައި ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށް ގޮވައި އިންސާފު ނުލިބިތިބި ހުރިހާ ފަރާތްތަކަށް އިންސާފް ހޯދައިދިނުމަށް ދަނީ ގޮވާލަމުންނެއެވެ.

މިމުޒާހަރާތަކުގައި ކޮންމެ ރެއަކުވެސް ޒުވާނުން އިތުުރުވަމުންދާކަން ފާހަގަކުރެވެއެވެ.

- ކޮމެންޓް