ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވައިފި އެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މޯދީ ސައުދީ އަށް ވަަޑައިގެންނެވީ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ.
މޯދީ ސައުދީ އަށް ވަޑައިގެންނެވީ، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއާ އެކު މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބޭއްވުމަށް ފަހު އެވެ،
މޯދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާ އިން ސައުދީ އަރަބިއްޔާ އާއެކު ބާއްވަމުން އަންނަ ދުވަސްވީ ގުޅުމަށް ވަރަށް ބޮޑަށް އިޙުތިރާމް ކުރާ ކަމަށެވެ. އަދި މިފަހަކަށް އައިސް އެ ގުޅުން އިތުރަށް ބަދަހިވެ، ފުޅާ ވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އިންޑިއާގެ ކުރިއަރަމުންދާ އިޤްތިޞާދަށް ތެޔޮ އިމްޕޯޓްކުރުމުގައި ސަޢޫދީ އަރަބިއްޔާ އަކީ އެންމެ މުހިންމު ތިން ޤައުމުގެ ތެރެއިން އެއް ޤައުމެވެ.