ކ. މާލެ
|
22 އޭޕްރިލް 2025 | އަންގާރަ 10:44
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ
ޓައިމްސް އޮފް އިންޑިއާ
އިންޑިއާ
މޯދީ އަންގާރަ ދުވަހު ސައުދީ އަށް ވަޑައިގަންނަވަނީ
ދަތުރުފުޅާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރަމުން އިންޑިއާގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ، ބޮޑުވަޒީރު މޯދީގެ އެ ދަތުރުފުޅަކީ ދެ ޤައުމަށް ވެސް ވަރަށް މުހިންމު ދަތުރުފުޅަކަށް ވާނެ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި އަންގާރަ ދުވަހު ސައުދީ އަރަބިއްޔާ އަށް ވަޑައިގަންނަވާނެ އެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި މޯދީ ސައުދީ އަށް ވަޑައިގަންނަވާއިރު، މިއީ ދެ ދުވަހުގެ މުއްދަތަކަށް އެމަނިކުފާނު އެ ޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދަތުރުފުޅާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރަމުން އިންޑިއާގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ، ބޮޑުވަޒީރު މޯދީގެ އެ ދަތުރުފުޅަކީ ދެ ޤައުމަށް ވެސް ވަރަށް މުހިންމު ދަތުރުފުޅަކަށް ވާނެ ކަމަށެވެ. އަދި ސައުދީ އަކީ އިސްލާމީ އުންމަތުގެ އެންމެ ބޮޑު ޤައުމު ކަމަށާއި، ސައުދީ އަކީ މުހިންމު ބައިވެރިއެއް ކަމަށް ބުނެފައިވެ އެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންއާ ވެސް ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މޯދީ އާއި ސަލްމާންއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދާނެ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާ ގުޅިގެން އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އެ ދަތުރުފުޅުގެ އެޖެންޑާގައި މުހިންމު ގިނަ ކަންތައްތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ޚާއްސަކޮށް ހަކަތައިގެ ދާއިރާ އިން ކަންކަން ފުޅާ ކުރުމާ މެދު މަޝްވަރާ ކުރުންތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

- ކޮމެންޓް