ކ. މާލެ
|
21 އޭޕްރިލް 2025 | ހޯމަ 11:45
ފުވައްމުލަމް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް
ފުވައްމުލަމް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް
ރާއްޖެއެމްވީ
ފުވައްމުލައް ސިޓީގެ ތަރައްގީ މަޝްރޫއުތައް
ފުވައްމުލައް ސިޓީގައި އިމާރާތް ކުރަން ނިންމާފައިވާ 400 ހައުސިންގ ޔުނިޓްގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދޭ: މޭޔަރު
ކުރީގެ ސަރުކާރުގައި ފަށާފައިވާ ތަރައްގީގެ ހުރިހާ މަޝްރޫއެއް ވަނީ ހުއްޓިފައި، މަސައްކަތުގެ ސްޕީޑް ވަރަށް ލަސް
ހައުސިން މަޝްރޫއު ކުރިއަށް ނުދިއުމަކީ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް
23 ޖެނުއަރީ 2025 މި މަޝްރޫއު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މި ސަރުކާރުން ބުނެފައިވޭ

ފުވައްމުލައް ސިޓީގައި އިމާރާތް ކުރަން ނިންމާފައިވާ 400 ހައުސިން ޔުނިޓްގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އެސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އިއުލާން ކޮށްފައިވެއެވެ. ހައުސިން މަޝްރޫއުގެ އިތުރުން، ފުވައްމުލަކުގެ އެއަރޕޯޓާއި ބަނދަރު ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އަދި ފުވައްމުލަކުގައި 50 އެނދުގެ އާ ހޮސްޕިޓަލް ތަރައްގީ ކުރާއިރު، އެތަނުގައި ޚާއްސަ ޚިދުމަތްތަކެއްގެ ގޮތުގައި ކުޑަކުދިންނާއި އަންހެނުންނަށް ޚާއްސަ ސްޕެލިޓީ ޚިދުމަތްތައް ގާއިމް ކުރުމަށް ވެސް ނިންމާފައިވެއެވެ.

ފުވައްމުލައް ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން، ހޯމަ ދުވަހު ފަށާއިރު ޕްރޮގްރާމުގައި މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ ކުރީގެ ސަރުކާރުގައި ފަށާފައިވާ ތަރައްގީގެ ހުރިހާ މަޝްރޫއެއް ހުއްޓިފައިވާ ކަމަށާއި، މަސައްކަތުގެ ސްޕީޑް ވަރަށް ލަސް ކަމަށެވެ.

ރައްޔިތުންގެ އުންމީދާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫއަކީ 400 ހައުސިން ޔުނިޓްގެ މަޝްރޫއުކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ ކުރީ ސަރުކާރުގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މި ސަރުކާރުން އިއުލާން ކުރި ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ނަމަވެސް 23 ޖެނުއަރީ 2025 މި މަޝްރޫއު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މި ސަރުކާރުން ބުނެފައިވެއެވެ.

400 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް 2023 ވަނަ އަހަރު ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސައްކަތް ހަވާލުކުރައްވާފައިވަނީ ޕީޓީ.ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫއުގައި ފުވައްމުލައް ސީޓީގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން 11 ފަންގިފިލާގެ 5 ޓަވަރު ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ކޮންމެ ޓަވަރެއްގައި 1000 އަކަފޫޓުގެ 80 ފްލެޓް ހިމެނެއެވެ. އަދި ފްލެޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާހަނަަ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެކެވެ.

މި މަޝްރޫއުގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފުވައްމުލައް ސިތީގައި 500 ހައުސިންގ ޔުނިޓް ތަރައްގީ ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.

- ކޮމެންޓް