ކ. މާލެ
|
20 އޭޕްރިލް 2025 | އާދީއްތަ 13:45
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ރާއްޖެއެމްވީ
އެގްރިކަލްޗަރ މިނިސްޓްރީއަށް އޭސީސީން ވަނުން
ފުލުހުންގެ އެހީތެރިކަމާއެކު އެގްރިކަލްޗަރ މިނިސްޓްރީއަށް އޭސީސީން ވަދެއްޖެ
އޭސީސީން ބައެއް ފައިލްތައް ނަގައި ރިކޯޑުތައް ދަނީ ބަލަމުން ނަމަވެސް ކޮން މައްސަލައެއް ކަމެއް ނޭނގޭ
މި މައްސަލައާ ގުޅިގެން އޭސީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި
އޭސީސީން އިސްނަގައިގެން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް އެ އިދާރާއިން ބުނޭ

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަދެއްޖެއެވެ.

ރާއްޖެއެމްވީއަށް އެމިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ބުނީ، އާދިއްތަ ދުވަހުގެ ހެނދުނު އޭސީސީގެ ޓީމެއް އެ މިނިސްޓްރީއަށް ވަދެފައިވާ ކަމަށާއި، ފައިލްތަކާއި، ރިކޯޑުތައް ބަލަމުންދާ ކަމަށެވެ. އަދި ބައެއް ފައިލްތައް އެ ކޮމިޝަނުން ނަގާފައިވާ މަންޒަރު ވެސް ފެނިފައިވާ ކަމަށެވެ.

އެގްރިކަލްޗަރ މިނިސްޓްރީއަށް އޭސީސީން ވަދެފައިވަނީ ފުލުހުންނާއެކު ކުއްލި ގޮތަކަށެވެ. ތަހުގީގު ކުރަމުންދަނީ ކޮން މައްސަލައެއްކަން ސާފުނުވާ ކަމަށް މުވައްޒަފުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭސީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ރާއްޖެއެމްވީއަށް ފުލުހުން ބުނީ އޭސީސީން އިސްނަގައިގެން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންނާ، އޭސީސީން މިނިސްޓްރީގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން އެގްރިކަލްޗަރ މިނިސްޓްރީއަށް ވަދެފައިވަނީ 2018 ވަނަ އަހަރުން ފެށިގެން އެމިނިސްޓްރީގައި ހިންގަމުންދާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެންނެވެ.

- ކޮމެންޓް