ކ. މާލެ
|
18 އޭޕްރިލް 2025 | ހުކުރު 13:56
މުޒާހަރާ ކުރުމާއި ގުޅިގެން މާޒް ފުލުހަށް ހާޒިރުކުރި ދުވަހު ފުލުސް އިދާރާގެ ބޭރުގައި
މުޒާހަރާ ކުރުމާއި ގުޅިގެން މާޒް ފުލުހަށް ހާޒިރުކުރި ދުވަހު ފުލުސް އިދާރާގެ ބޭރުގައި
ރާއްޖެއެމްވީ
މާޒް ފުލުހަށް ހާޒިރުކުރަނީ
މާޒް ސަލީމް އަނެއްކާ ވެސް ފުލުހަށް ހާޒިރުވާން އަންގައިފި
މާޒް ސަލީމް ފުލުހަށް އަނެއްކާ ވެސް ހާޒިރުވާން އަންގާފައިވަނީ ކުރެވޭ ތުހުމަތުގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކުމުގެ މައްސަލައިގައި
މާޒްގެ ޖިންސީ ގުނަވަނާއި ހަށިގަނޑުގެ ބޭރު ފޮޓޯއާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓު އަމުރަކުން ފުލުހުން ބޭނުންވާ ކަމަށް ބުނެފައިވޭ
މާޒް މީގެ ކުރިން ފުލުހަށް ހާޒިރުކުރީ މާލޭގައި އެމްޑީޕީއިން ބޭއްވި މުޒާހަރާތަކާ ގުޅިގެން

އަހުމަދު ސަލީމް (މާޒް ސަލީމް) އަނެއްކާ ވެސް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

މާޒް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 2:30 އަށެވެ. ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ މާޒް ފުލުހަށް ހާޒިރުކުރަނީ ކުށެއްގެ ތުހުމަތުގައި ކަމަށެވެ. ހާޒިރުވާ އަންގާފައިވަނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ.

އެގޮތުން ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް މަރިޔަމް ޒުބައިރު (މަންދި) ވާހަކަ ދައްކާފައިވާކަމަށް ތުހުމަތުކުރެވިފައި ވަނިކޮށް، 2025 މާޗް 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދިޔަ، ލައިވްކޮށް ބްރޯޑްކާސްޓް ކުރަމުން ދިޔަ އެއްވުމއްއގައި މަންދި ދެއްކި ވާހަކައަށް ތާއިދުކޮށް، އެވާހަކަ ދެއްކުމަށް ހިއްވަރުދީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މާޒް ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.

ކުރެވޭ ތުހުމަތުގެ ހުލާސާ ނުވަތަ ކުރަމުންދާ ތަހުގީގުގެ ހުލާސާގައި ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގަށް، ކްރިމިނަލް ކޯޓުގެ އަމުެއްގެ ދަށުން މާޒްގެ ޖިންސީ ގުނަވަން ދިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި، އަޑުގެ ސާމްޕަލް ނެގުމަށެވެ.

މީގެ ކުރިންވެސް މާޒް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ. ކުރިން އޭނާ ފުލުހަށް ހާޒިރުކުރީ މާލޭގައި އެމްޑީޕީ އިން ބޭއްވި މުޒާހަރާތަކާއި ގުޅިގެންނެއެވެ.

- ކޮމެންޓް