Advertisement
ކ. މާލެ
|
13 އޯގަސްޓް 2025 | ބުދަ 18:58
ބަނގުރަލާއި، އެ ކައްކަން ބޭނުންކުރާ ސާމާނާއެކު މާލޭގެ ގެއަކުން އަތުލައިގަތް 4 ބިދޭސީން
ބަނގުރަލާއި، އެ ކައްކަން ބޭނުންކުރާ ސާމާނާއެކު މާލޭގެ ގެއަކުން އަތުލައިގަތް 4 ބިދޭސީން
ޕޮލިސް
ބަނގުރާ
500ށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ހައްޔަރުކުރި މީހުން ޑީޕޯޓްކުރަން އިމިގްރޭޝަނާއި ހަވާލުކޮށްފި
ބަންގުލަދޭޝްގެ މީހަކާއި އިންޑިއާ 3 މީހުން ހައްޔަރުކުރި
ބަނގުރާ ކައްކައި، ބަންދުކޮށް، ކޭސްތަކުގައި ވިއްކުމަށް ތައްޔާރުކޮށްފައި ހުރި

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ހަތަރު ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި މ. ރަންފިޔަ ގޭގެ 4 ވަނަ ބުރި ބަލާ ފާސްކޮށް މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުތުމަގޭޝް މުރުގާން، އިންޑިއާ (32އ) އާއި ދޭވާރާޖް ޖެބްރާޖް، އިންޑިއާ (42އ) އާއި ޒެނިތް ފްރެންސިސް، އިންޑިއާ (38އ) އާއި އަބްދުލް މަންނާން، ބަންގްލަދޭޝް (37އ) އެވެ.

ފުލުހުން އެތަން ރެއިޑްކުރި އިރު އެތަނުގައި ބަނގުރާ ކަންކަން ހުރީ ތައްޔާރުކޮށްފައެވެ. އަދި ބަނގުރާ ތައްޔާރުކޮށް ވިއްކުމަށް ކޭސް ކޭހަށް އަޅާފައި ހުރީ ބަންދުކޮށްފައެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މި އޮގަސްޓު މަހުގެ 11 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ 511 ފުޅިއާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނައަދަދެއްގެ ފައިސާއާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވެއެވެ.

2 ރޫމް އެޕާޓްމަންޓެއްގެ ގޮތުގައި ހުރި މިތަނުގެ 1 ކޮޓަރީގައި ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނާއި އާލާތްތައް ބަހައްޓާފައި ހުއްޓެވެ.

އެގޮތުން އާދައިގެ 2 ތަނުން ކެކޭ ގޭސް އުނދުނަކަށް ދޮޅުފޫޓް ނުވަތަ 2 ފޫޓް ހުންނަ ވަރު ދެ ޕްރެޝަރު ކުކަރު އަރުވާފައި ހުރި އިރު އެއީ ބަނގުރާ ކައްކަން ބޭނުންކުރި ދެ ޕްރެޝަރުކުަކަރެވެ. އަދި އެ ކޮޓަރީގައި އެންމެ ބޮޑު ސައިޒުގެ ބާލިދީތަކުގައި މޭވާ ކުނިކުރަން އަޅާފައި ހުރި އިރު، އެތަނުގެ ތެރޭގައި ބަނގުރާ ކައްކަން ބޭނުންކުރާ އާލާތްތަކާއި ބަންދުކުރާ ސާމާނު ހުއްޓެވެ. އަދި މި ތަކެތި ކަންމަތީ ފިހާރަތަކަށް ވިއްކަންވެސް ލާފައި ހުއްޓެވެ. އެގޮތުން އެ ސަރަހައްދުގެ ބައެއް ފިހާރަތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް އެ ވިއްކުމުގައި އެމީހުން ހަރަކާތްތެރިވެފައިވެއެވެ.

މީގެ އިތުރުން ބަނގުރާ ކައްކަން ގެނެސްފައި ހުރި މޭވާ ކޭސްތަކާއި އެހެނިހެން ސާމާނުވެސް ހުއްޓެވެ. މިއިން ފުޅިއެއް ވިއްކަމުން ދިޔައީ 150 ވަރަކަށް ރުފިޔާއަށެވެ. އަދި އަތުލައިގަތް ބަނގުރަލުގެ އަގު އެކަނިވެސް 75000 އަށްވުރެ މައްޗަށް އަރައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް