ކ. މާލެ
|
18 އޭޕްރިލް 2025 | ހުކުރު 11:25
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ - 17.04.2025
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ - 17.04.2025
ރާއްޖެއެމްވީ
ރައީސްގެ ދަރިފުޅުގެ ކަރާމާތަށް އެރިކަމަށް ބުނުން
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
ދާދިފަހުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލު އާއި އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަދި އެމްޑީޕީއަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ވަނީ ދައުވާ އުފުލާފަ
ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުއްޖާގެ ނަމާއި މައުލޫމަތު ހާމަކޮށްފައިވާތީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އާއި އޭނާގެ ޤާނޫނީ ވަކީލް އާޒިމާ ޝަކޫރުގެ މައްސަލަ ކަމާއި ގުޅުން ހުރި އިދާރާތަކަށް ހުށަހެޅުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ވަނީ މީގެ ކުރިން ނިންމާފަ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފައިވާ ކަމަށާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް މިއަދު މި ވަނީ ބެލެނިވެރިއަކަށް ވާން ޖެހިފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ދެއްވި އެނައުންސްމެންޓެއްގައެވެ. ފައްޔާޒްގެ ވާހަކަައިގައި ވަކި ބޭފުޅެއްގެ ނަން ވިދާޅުވެފައި ނުވެއެވެ. ނަމަވެސް ފައްޔާޒްގެ ވާހަކަތައް އިޝާރާތްކުރީ ރައީސްގެ ދެމަފިރިކަނބަލުންނަށް ކަމަށް ބެލެވެއެވެ.

ރާއްޖެ އަށް އެތައް ދުވަހަކުން ގެނައި ތަރައްޤީ އާއި ކުރިއެރުމުގެ ހުރިހާ ކަމެއް ފުރޮޅާލާފައިވާ ކަމަށާއި އެކަން ކުރީ ދެމަފިރި އެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެ ދެމަފިރިން ވަނީ މުޅި ޤައުމުގެ ރައުސުލްމާލު ވަގަށް ނަގާފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް ވަނީ އެމްޑީޕީ އަކީ ވަރުގަދަ ޕާޓީ އެއް ކަމަށާއި އެ ޕާޓީ އޮތީ އުހުގައި ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެން ކަމުން އެ ޕާޓީން ދެމަފިރިއަކު ގޮތެއް ފޮތެއް ނެތި ކުރާ މަސައްކަތުގައި ޖެހިގެން ނުވާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިންގެ އަބުރު ނަގާލާ ކަމަށް ބުނެ މަރިޔަމް ޒުބައިރު (މަންދީ) އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިތުރުން އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް އަށް މަދަނީ ދައުވާ ކުރުމަށް ސާޖިދާ ވަނީ ނިންމަވާފައެވެ.

އަޅުގަނޑުމެން ދަމާ، އެއްވެސް ގޮތެއް ފޮތެއް ނެތް ދެމަފިރިއެއްގެ ފެންވަރަށް އަޅުގަނޑުމެން ވައްޓާލުމަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެން ޖެހިގެން ނުވާނެ. އަޅުގަނޑު އެދެނީ މައުސޫމު ކުއްޖެއް އެ ކުއްޖާގެ މުސްތަގްބަލް ބަނަކޮށްލައިފި އެ ކުއްޖާގެ މަައިންބަފައިން. އޭގައި އަޅުގަނޑުމެން ޖައްސަން ކުރާ މަސައްކަތުގައި ނުޖެހުމަށް އަޅުގަނޑު އެދެނީ. ސޯޝަލް މީޑިއާގައި ވެސް ރައްދު ނުދިނުމަށް. އަޅުގަނޑުމެން ރައްދު ދޭނީ ޤާނޫނީ އިމުގެ ތެރެއިން.

އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް

ފައްޔާޒް މިފަދައިން ވިދާޅުވެފައި ވާއިރު ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުއްޖާގެ ނަމާއި މައުލޫމަތު ހާމަކޮށްފައިވާތީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އާއި އޭނާގެ ޤާނޫނީ ވަކީލް އާޒިމާ ޝަކޫރުގެ މައްސަލަ ކަމާއި ގުޅުން ހުރި އިދާރާތަކަށް ހުށަހެޅުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ވަނީ މީގެ ކުރިން ނިންމާފައެވެ.

ދާދިފަހުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލު އާއި އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަދި އެމްޑީޕީއަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ވަނީ ދައުވާ އުފުލާފައެވެ.

- ކޮމެންޓް