ޣައްޒާއަށް އިންސާނީ އެހީ ނުވެއްދޭނެކަމަށް ޔަހޫދީ ދައުލަތުގެ ނަމުގައި އުފައްދާފައިވާ އިސްތިއުމާރީ ބާރުން ބުނެފިއެވެ.
އިސްރާއީލުން ބުދަ ދުވަހު ބުނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އަޅަމުން ގެންދާނެ ކަމަށެވެ. އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާތައް ދޭން ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ބުރު ނުފެށި މަޝްވަރާތައް ފެއިލްވި ހިސާބުންނެވެ.
ހަމާސް ޖަމާއަތާ އެކު ދެ މަސް ދުވަސް ވަންދެން ހަނގުރާމަ ހުއްޓާލުމަށް ފަހު، އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަރަށް ބޮޑަށް ހުއްޓާލާފައިވާއިރު، ސަލާމަތްކުރާ ފަރާތްތަކުން ބުދަ ދުވަހު ބުނެފައި ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދިން ހަމަލާތަކުގައި މަދުވެގެން 11 މީހުން މަރުވެފައިވާ ކަމަށެވެ. އިސްރާއީލުން ވަނީ ޣައްޒާއަށް އެހީ އެތެރެވުން މިމަހުގެ 2 ވަނަ ދުވަހު ހުއްޓާލާފައެވެ.
ޔަހޫދީ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވިދާޅުވީ 2.4 މިލިއަން މީހުން ޣައްޒާގެ ސަރަހައްދަށް އިޒްރޭލުން އެހީ ވަނުން ހުއްޓުވާނެ ކަމަށެވެ. އިސްރާއީލުގެ ސިޔާސަތު ވަރަށް ސާފު ކަމަށާއި، އިންސާނީ އެހީއެއް ޣައްޒާއަށް ނުވަންނާނެ ކަމަށާއި، މި އެހީ އަށް ހުރަސް އެޅުމަކީ ހަމާސް އިން އާބާދީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަށް ހުރަސް އެޅޭ އެންމެ ބޮޑު ޕްރެޝަރަށް ވެގެންދާނެ ކަމަށެވެ.
ޣައްޒާގައި މިވަގުތު ރަހީނުންގެ ގޮތުގައި ތިބި 58 މީހުން މިނިވަންކުރުމަށް އޮތް ހަމައެކަނި ގޮތަކީ އަސްކަރީ ޕްރެޝަރު ކަމަށް އިސްރާއިލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސިފަކުރައްވާފައެވެ.
ޣައްޒާގެ އުތުރުގައި ތިބި ސިފައިންނަށް ނަތަންޔާހޫ އަންގާރަ ދުވަހު ވިދާޅުވީ، ހަމާސްއަށް ހަމަލާއަކަށްފަހު ހަމަލާއެއް ދެމުން ގެންދިއުމަށެވެ. އަދި އެކަން ކުރިއަށް ގެންދާނީ ރަހީނުންތައް ދޫކޮށްލަން އެއްބަސްވަންދެން ކަަމަށާއި، އެއާއެކު ހަނގުރާމައިގެ ހުރިހާ މަގުސަދެއް ހާސިލްކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އިސްރާއީލުން ބުދަ ދުވަހު ޣައްޒާ ސިޓީއަށް ދިން ވައިގެ ހަމަލާތަކުގައި 11 މީހުން ޝަހީދުވެފައިވާ އިރު، އޭގެ ތެރެއިން 10 މީހުން ނަކީ ޣައްޒާ ސިޓީއަށް ދިން ހަމަލާގައި ޝަހީދުވި މީހުން ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުނެއެވެ.
ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހިނގި ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 51،025 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.