މާލޭގައި ނޭޕާލު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މާލޭގެ ކުރިކީލަ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް އަންގާރަ ދުވަހުގެ ރޭ 11:58 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި އަނިޔާވެފައިވަނީ ނޭޕާލް ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗް ގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ބުނީ އޭނާގެ ހާލަތު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.