ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އުޅުއްވަނީ ކެންގަރޫ ކޯޓް ހަދައިގެން ރައްޔިތުންނަށް ހުކުމް ބަހާ މީހާއަށް ވެގެން އަނިޔާވެރި ވުމަށްޓަކައި ނުކުމެވަޑައިގެން އުޅުއްވާ މަންޒަރު ފެންނަމުންދާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ރައީސް މުއިއްޒުގެ ބަހާއި އަމަލާއި ދިމާ ނުވާ ކަމަށާއި ފެނިގެން މިދަނީ ހުރިހާ ދިމާލަކުންވެސް އަނިޔާވެރިވަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން އެމްޑީޕީން ބޭއްވި ރެލީއެއްގައި އެޕާޓީގެ ސިޔާސީ ކަންކަމުގައި އިސްކޮށް މަސައްކަތްކުރާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކެވި ވާހަކައަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިން ދެކެ ލޯބިވާ ފަދައިން މަންދީވެސް އޭނަގެ ދަރިފުޅު، މީކައިލް ނަސީމްދެކެ ލޯބިވާނެ ކަމަށާއި ޕީއެންސީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދިޔައީ ކިހާ ހުތުރު ފޮޓޯތަކެއް ކަމަށެވެ.
ސިޔާސީ ކަންކަމުގައި ސްކޫލުތައް ބޭނުންކުރަމުންދާ ކަމަށާއި އަންހެންވެރިން ލައްވާ އަންހެން ވެރިންނަށް އަނިޔާކުރަމުންދާ މަންޒަރު ފެންނަމުންދާއިރު، މިސަރުކާރުން ވަކާލާތު ކުރަމުންދަނީ މިއީ އަންހެންވެރިންގެ ހައްގުތައް ހިމާޔަތްކޮށްދޭން އައިސްތިބި ސަރުކާރެއް ކަމަށެވެ. ނަމަވެސް އެހައްގުތައް ކަށަވަރުވެގެންދާ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވަމުން މާރިޔާ ވަނީ ރައީސް މުއިއްޒުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ.
ދުބާއީ އާއި ބެންކޮކަށް އާސަންދައިން ބޭސް ކުރަންވެގެން ފޮށި ތަންމަތި ބަނދެގެން ތިބި ކިތަންމެ ބަޔަކު އެބަތިބި. މިއަދު އާދައިގެ ތަނުންވެސް ނުލިބެނީ، ބެންކޮކުންވެސް ނުލިބެނީ، ދުބާއީ އިންވެސް ނުލިބެނީ، އެކައްޗެއްވެސް ނުލިބެނީ ބޭސް ފަރުވާއަށް ދާން. މާލެގައި މަސްދަޅުކޭސް ބެހީ ކަރަންޓް ބިލަށް، ރަށްރަށުގައި ބެހީ އެރަށެއްގައި ރަޖިސްޓްރީ ވެފައި ތިބި މީހުންނަށް. ދިވެހިން ވެއްޖިޔާ މަސްދަޅުކޭސް ލިބެންވާނެ ނޫންތޯ
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ![]()
ރައްޔިތުންގެ ބުރަ މަސައްކަތުން ގެނައި ފެހި ޤާނޫނު އަސާސީން ތިން ބާރު ވަކިވެފައި އޮތް ސަރުކާރެއް ލިބި އެއްބާރު އަނެއް ބާރަށް ނުފޫޒުފޯރުވުމެއް ނެތި ގައުމު ހަމަ މަގުގައި ހިނގަމުންދަނިކޮށް މިއަދު ފެނިގެންމިދަނީ އެކެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ގެނެސް ވަރަށް ބިރުވެރި ހާލަތަށް ގައުމު ގޮސްފައިވާ މަންޒަރު ކަމަށް މާރިޔާ ވިދާޅުވިއެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި، ދުސްތޫރީ މައްސަލަތަކުގައި ޔޫއެންފަދަ ތަންތަނުން ޖަވާބުދާރީވާން އަންގާފައިނުވާނެ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.