ކ. މާލެ
|
14 އޭޕްރިލް 2025 | ހޯމަ 06:33
ސަން ޝިޔާމް އިރު ފުށިން ގެނައި ޖެޓް ކާރު
ސަން ޝިޔާމް އިރު ފުށިން ގެނައި ޖެޓް ކާރު
ވިޒިޓް މޯލްޑިވްސް
ސަން ސިޔާމް އިރުފުށި ރިސޯޓް
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
މި ކާރަކީ އާއިލާތަކަށާއި ޒުވާން ޖޯޑުތަކަށް އަދި އެކުވެރިންނަށް އަމާޒުކޮށްގެން ގެނެސްފައިވާ މުނިފޫހިފިލުވުމުގެ އާ ޒަރިއްޔާ އެއް

ސަން ސިޔާމް އިރުފުށި ރިސޯޓުން އެ ރިސޯޓުގެ ވޯޓަރ ސްޕޯޓްސްގެ ތެރެއަށް އާ ކަމެއް ތައާރަފްކޮށްފިއެވެ.

އެގޮތުން ސަން ޝިޔާމް އިރުފުށީން ވަނީ އެ ރިސޯޓަށް ޖެޓް ކާ ތަޢާރަފްކޮށްފަ އެވެ. މި ކާރަކީ އާއިލާތަކަށާއި ޒުވާން ޖޯޑުތަކަށް އަދި އެކުވެރިންނަށް އަމާޒުކޮށްގެން ގެނެސްފައިވާ މުނިފޫހިފިލުވުމުގެ އާ ޒަރިއްޔާއެކެވެ. އެ ރިސޯޓްގެ ވިލު ނޫ މޫދާއި އެކު ޖެޓް ކާރު ވެގެން ދާނީ އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށް އުފާވެރި ތަޖުރިބާ އެއް ކުރުމަށް ލިބޭ ފުރުސަތަކަށެވެ.

މި ކާރުގެ ޑިޒައިނަކީ ޒަމާނީ އޮޓޯމޯޓިވް ހިމެނޭ ގޮތަށް އިންސްޕަޔަރވެގެން ހަދާފައިވާ ޑިޒައިނެކެވެ. މި އަހަރުގެ އީސްޓަރ ސީޒަންގައި އެ ރިސޯޓުން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ތަޢާރަފްކޮށްފައެވެ. އެ ޕްރޮމޯޝަންގެ ދަށުން، 2025 އޭޕްރިލް 20 ގެ ކުރިން ބުކިންގ ހަދާ ފަރާތްތަކަށް 2025 ޑިސެމްބަރ 23 ގެ ނިޔަލަށް ޚާއްސަ އޮފަރތަކެއް ލިބޭނެއެވެ.

މީގެ ތެރޭގައި މި ޕްރޮމޯޝަންގެ ދަށުން، އެ ރިސޯޓްގައި 4 ރޭގެ ސްޓޭއަކަށް އެއް މެހުމާނަކަށް ހިލޭ ސީޕްލޭން ޓްރާންސްފަރ އަދި ވިލާތަކާއި ބީޗް ޑައިނިންގ އަށް 30% ޑިސްކައުންޓް ލިބޭނެއެވެ. ހަމައެހެންމެ 90 މިނެޓްގެ ސްޕާ ޓްރީޓްމަންޓެއް ބުކްކުރާ ފަރާތްތަކަށް 120 މިނެޓަށް އަޕްގްރޭޑް ކޮށްދެވޭނެ މަގު މި ޕްރޮމޯޝަންގެ ދަށުން ވަނީ ފަހިކޮށްދީފައެވެ. އަދި ދެ މެހުމާނުން ވޭކްބޯޑިންގ ނުވަތަ ވޯޓަރ ސްކީއިންގ ނަގާނަމަ، އެ ދެ މެހުމާނުންގެ ދަރިންނަށް ހިލޭ މި ތަޖުރިބާ ކުރެވޭނެ މަގު ވެސް ވަނީ ފަހިކޮށްދީފައެވެ.

އެ ރިސޯޓުގެ ވެބްސައިޓް ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް މި ޕްރޮމޯޝަނާއި ގުޅޭ އިތުރު މަޢުލޫމާތު ލިބޭނެއެވެ.

- ކޮމެންޓް