ކ. މާލެ
|
12 އޭޕްރިލް 2025 | ހޮނިހިރު 23:29
އައްޑޫ ލިންކް ރޯޑްގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވުން
އައްޑޫ ލިންކް ރޯޑްގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވުން
najphotos.com
ޓްރެފިކް އެކްސިޑެންޓް
އައްޑޫ ލިންކް ރޯޑްގައި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެ
އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 36 އަހަރުގެ ޒުވާނަކު ނިޔާވުން
އެކްސިޑެންޓްގައި ނިޔާވެފައި ވަނީ ފޭދޫ، އުލްފަތު، އިބްރާހިމް ސިޔާދު، އަދި އޭނާ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި

އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 36 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓްކުރީ ހޮނިހިރު ދުވަހުގެ ރޭ 7:30 ހާއިރެވެ.

އެކްސިޑެންޓްގައި ނިޔާވެފައި ވަނީ ސ. ފޭދޫ، އުލްފަތު، އިބްރާހިމް ސިޔާދު އެވެ. އޭނާ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައި ވާކަމަށް ސިއްޚީ މަރުކަޒާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިނީ 23 އަހަރުގެ ފިރިހެނެކެވެ. އެއީ ފިޔޯރީއަށް ނިސްބަތްވާ މުހައްމަދު މާހިލް މުމްތާޒެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

- ކޮމެންޓް