ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުމަށް، ޗައިނާގެ މަޝްހޫރު އެލެވޭޓާރ ކުންފުންޏެއް ކަމަށްވާ ސްޓާރ އެލެވޭޓާރ ގްރޫޕާއެކު ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހޮނިހިރު ދުވަހު ޝަންގްހާއި ގެ ޒޫހޮއު ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގެ ސޮއިކުރުން ކުރިއަށް ގެންދިޔަ އިރު، ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓާރ ނަސްރުﷲ އަބްދުލް ވާހިދު އެވެ.
މި އެއްބަސްވުމާއި އެކު ފޫޖީ ސްޓާރ ބްރޭންޑް ގެ އެލެވޭޓާރ ވިއްކުމާއި އިންސްޓާލް ކުރުމުގެ އިތުރުން، މި ބްރޭންޑްގެ އެލެވޭޓާރގެ ސޯލް ޑިސްޓްރިބިއުޓާރ އެއްގެގޮތުގައި ހަރަކާތްތެރިވާނީ ބިލްޑްޓެކްއެވެ.
ޗައިނާގެ އެންމެ ކުރިއަރާފައިވާ އެލެވާޓާރ ޑިޒައިން ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ސްޓާރ އެލެވޭޓާރ ގްރޫޕަކީ 2005 ގައި އުފެދުނު ކުންފުންޏެކެވެ. އެ ކުންފުންޏަކީ ފެންވަރު ރަނގަޅު އުފެއްދުންތައް އުފައްދާ ޓްރާންސްޕޯރޓޭޝަން އިންޑަސްޓްރީގައި ވެސް އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އަދި ސްޓާރ އެލެވޭޓާރ ގްރޫޕުގެ ބްރޭންޑެއް ކަމަށްވާ ފޫޖީ ސްޓާރ އަކީ ފެންވަރު ރަނގަޅު އިތުބާރު ހިފޭ ޕްރޮޑަކްޓެކެވެ.
ބިލްޑްޓެކް އާއި އެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން ފޫޖީ ސްޓާރ ބްރޭންޑްގެ 2-55 އެލެވޭޓާރ ގެ އިތުރުން، އެސްކަލޭޓާރ އަދި އޮޓޯވާލކްސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެވޭނެއެވެ.
މި ޚިދުމަތްތަކުގެ މައުލޫމާތު ހޯދުމަށް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑްގެ ހޮޓްލަ އިން 7379778 އަށް ގުޅައިގެން ލިބޭނެއެވެ.