ކ. މާލެ
|
12 އޭޕްރިލް 2025 | ހޮނިހިރު 13:11
ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލަމުން ހޮލްހޫދޫގައި ބޭއްވި ޖަލްސާއިން
ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލަމުން ހޮލްހޫދޫގައި ބޭއްވި ޖަލްސާއިން
ރާއްޖެއެމްވީ
ޒަކިއްޔާ މޫސާ
"ޒަކިއްޔާގެ އޮޓޮޕްސީ ނަހަދާ ދޫކޮށްލުމަކީ ރަނގަޅަށް ކުރެވުނު ކަމެއްނޫން، އެއީ ތަޙްޤީޤު މަރުޙަލާގައި ހެދުނު ގޯހެއް"
ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު އަވަސް ކުރަން ގޮވާލައި، އެރަށު ރައްޔިތުން ހުކުރު ދުވަހު ހަވީރު ވަނީ އިހުތިޖާޖުކޮށްފައި
ހެކި ނައްތާލި މީހުންނާއި ގާތިލުން ހައްޔަރުކުރުމަށާއި ތަހުގީގު އަވަސް ކުރުމަށް ގޮވާލާފައިވޭ

ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައި އޮޓޮޕްސީ ނަހަދާ ދޫކޮށްލުމަކީ ރަނގަޅަށް ކުރެވުނު ކަމެއްނޫން ކަމާއި، އެއީ ތަޙްޤީޤު މަރުޙަލާގައި ހެދުނު ގޯހެއް ކަމަށް 26 ފެބްރުއަރީ 2025 ގައި ހޮޅުދޫ ރައްޔިތުންނާ ބައްދަލުކޮށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އަދި ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު، ހޮޅުދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް އާއިލާއިން ބުނެފިއެވެ.

ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ކަންބޮޑުވުން ފާޅުކޮށް އާއިލާގެ ފަރާތުން މިނިސްޓަރ އިހްސާން އަދި ޢައްބާސް ޝަރީފުއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޒަކިއްޔާ މޫސާ މަރުވި ދުވަސް ކަމުގައިވާ 10 ސެޕްޓެމްބަރ 2024 އިން ފެށިގެން މިއަދާ ހަމައަށް މަރުގެ ޙަޤީޤަތް ހޯދުމުގައި އެކަށީގެންވާ ތަޙްޤީޤެއް ހިންގިފައިވާ ކަމުގައި ނުދެކޭ ކަމަށާއި އަދި ތަޙްޤީޤު މަރުޙަލާގައި ހަދާފައިވާ ބައެއް ގޯސްތައް ޚުދު މިނިސްޓަރުގެ އިތުރުން ޕޮލިސް ކޮމިޝަނަރ ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

އޮޓޮޕްސީ ހެދުމަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުންގެ ފަރާތުން ކުރުމަށް ގަސްތުކޮށްފައިވާ ކަމަކަށްނުވާއިރު ޒަކިއްޔާ މޫސާ މަރުވިތާ 210 ފަހުން، ނުވަތަ އޭގެ 6 މަހާއި 29 ދުވަސް ފަހުން ކުއްލިއަކަށް ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށްބުނެ މީޑިއާ އަށް ނުސީދާގޮތެއްގައި ފުލުހުންގެ ފަރާތުން މަޢުލޫމާތު ދީފައިވާތީ އެކަމާއި ކަންބޮޑުވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އަދި ޒަކިއްޔާ މޫސާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެމެ އޮޓޮޕްސީއެއް ހެދުމުގެ ނިޔަތެއް ފުލުހުންގެ ކިބައިގައި ނުވަތަ ތަޙްޤީޤުކުރާ ފަރާތުގެ ކިބައިގައި ނެތްއިރު، އަދި ފުލުހުންގެ ފަރާތުން މި މަރާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މިފަދަ ނިޔަތެއް އޮތް ކަމަށް ނުވަތަ މިފަދަ ކަމެއް ކުރަމުންދާ ކަމަށް ނުވަތަ ރައްޔިތުންނާ ބައްދަލުކޮށް ކޮމިޝަނަރާއި މިނިސްޓަރު ބޭއްވެވި ބައްދަލުވުމުގައިވެސް މިފަދަ ވާހަކަފުޅެއް ނުވަތަ ޢިޝާރާތެއްވިޔަސް ކޮށްފައިނުވާއިރު، ކުއްލިއަކަށް ވާޗުއަލް އޮޓޮޕީއެއް ހަދާފައިވާ ކަމާއި، ޒަކިއްޔާ މޫސާގެ މަރަކީ އަމިއްލަ ނަޞްފަށް ގެއްލުންދީގެން ހިނގާފައިވާ މަރެއް ކަމަށް ބުނެފައިވާތީ މިކަމާ ގުޅޭ ގޮތުން މަޢުލޫމާތު ލިބިގަތުމަށް އެދޭ ކަމަށް ވަނީ ބުނެފައެވެ.

އާއިލާއިން ބުނެފައިވަނީ ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާނަމަ، ވާޗުއަލް އޮޓޮޕްސީގެ ރިޕޯޓުގެ ކޮޕީ؛ (ރިޕޯޓުގެ ކޮޕީ ޙިއްސާކުރެވެން ނެތްނަމަ ކަމާބެހޭ ފަންނީ ބޭފުޅަކާއެކު އެ ރިޕޯޓު ބަލައި ދިރާސާކުރުމަށް މިނިސްޓްރީން ނުވަތަ ފުލުހުންގެ ކަނޑައަޅާ ތަނެއްގައި ކަނޑައަޅާ ގޮތެއްގެމަތިން ބަލައި ދިރާސާ ކުރުމުގެ އިންތިޒާމު ހަމަޖެއްސުން އެދޭ ކަމަށެވެ.

މިކަމުގައި އިންސާފު ޤާއިމްކޮށްދެއްވުމަށާއި، އަދި މި މައްސަލާގައި ފުލުހުންގެ ޢަމަލުކޮށްފައިވާ ގޮތުން މިތަޙްޤީޤުގައި ފުލުހުން ޝާމިލުވުމަކީ މަޞްލަޙަތު ފުށޫއަރާ ކަމަކަށްވާތީ، ފުލުހުންގެ މި ތަޙްޤީޤުން އެކަހެރިވެ، މުޅި ތަޙްޤީޤު ހިއުމަން ރައިޓްސް ކޮމިޝަނުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމުތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު އަވަސް ކުރަން ގޮވާލައި، އެރަށު ރައްޔިތުން ހުކުރު ދުވަހު ހަވީރު ވަނީ އިހުތިޖާޖުކޮށްފައެވެ. މި އިހުތިޖާޖުގައި ޕޯސްޓަރުތަކާ ބެނާތައް ބޭނުންކޮށްގެން ވެސް ހޮޅުދޫ ރައްޔިތުން ވަނީ ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން، އިހުތިޖާޖުގެ ބައިވެރިން ވަނީ، ހެކި ނައްތާލި މީހުންނާއި ގާތިލުން ހައްޔަރުކުރުމަށާއި ތަހުގީގު އަވަސް ކުރުމަށް ގޮވާލާފައެވެ.

- ކޮމެންޓް