ކ. މާލެ
|
10 އޭޕްރިލް 2025 | ބުރާސްފަތި 17:31
ކުޅުދުއްދުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްދުށި ރީޖަނަލް ހޮސްޕިޓަލް
ރާއްޖެއެމްވީ
ކުޅުދުއްފުށި ސިޓީ
ބަންދުގައި ހުރެ އަމިއްލަަ އަށް މަރުވާން މަސައްކަތް ކުރިމީހާ, ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ
މިހާދިސާ ހިނގާފައިވާ ގޮތުގެ ތަހުގީގެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފަ

ކުޅުދުއްފުށި ސިޓީގެ ޕޮލިސް ސްޓޭޝަން ބަންދުގައި ހުރެ އަމިއްލަަ އަށް މަރުވާން މަސައްކަތް ކުރިމީހާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

ހދ.ކުޅުދުއްފުށީ ކަސްޓޯޑިއަލްގެ ބަންދުގައި ހުރި ދިވެއްސަކު އަމިއްލަަ އަށް މަރުވާން މަސައްކަތް ކޮށްފައިވާކަން ފުލުހުން ހާމަކުރީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ފުލުހުން އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ހދ.ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގެ ހައްޔަރުގައި ހުރި މީހަކު 04 އެޕްރިލް 2025 ވަނަ ދަވަހުގެ ރޭ 21:12 އެހާކަށްހާއިރު އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ މީހާ އަކީ މަސްތުގެ ހާލަތުގައި ހުރެ ގޭގެ މުދަލަށް ގެއްލުން ދީ ހަމަނުޖެހުން ހިންގި މައްސަލައަކާއި ގުޅިގެން އެޕްރިލް 2 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ބަޔާނުން އެނގޭ ގޮތުން އޭނާ އަކީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ހާދިސާ އާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި އެކު ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން އަށް މި ހާދިސާގެ މައުލޫމާތު ދީފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާ ހިނގާފައިވާ ގޮތުގެ ތަހުގީގެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ޚާއްސަ އިސްކަމެއް ދީގެން ދަނީ ކުރިއަށް ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިކަން ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިންވެސް ވަނީ ބުނެފައެވެ.

- ކޮމެންޓް