ކ. މާލެ
|
10 އޭޕްރިލް 2025 | ބުރާސްފަތި 13:41
ދިވެހިންގެ އެހީ ގައްޒާއަށް
ދިވެހިންގެ އެހީ ގައްޒާއަށް
ރާއްޖެއެމްވީ
ގައްޒާއަށް އެހީވުން
ފިތުރު ޒަކާތުން ގައްޒާގެ އާއިލާތަކަށް ރާއްޖެއިން ފަސްލައްކަ ރުފިޔާގެ ކާބޯތަކެތި ފޯރުކޮށްދީފި
އިސްލާމިކް މިނިސްޓްރީން އެމަސައްކަތް ކޮށްފައިވަނީ އިސްރާ އެސޯސިއޭޝަންއާ ގުޅިގެން
މި އަހަރު ޒަކާތަށް ފައިސާގެ ގޮތުގައި ޖުމުލަ 13،264،819 ރުފިޔާ ލިބިފައިވޭ

ފިތުރު ޒަކާތުން ގައްޒާގެ އާއިލާތަކަށް ރާއްޖެއިން ފަސްލައްކަ ރުފިޔާގެ ކާބޯތަކެތި ފޯރުކޮށްދީފިއެވެ.

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން، ގައްޒާގެ ކުޑަކުދިންނަށް 5 ލައްކަ ރުފިޔާ ހަދިޔާ ކުރުމަށް ނިންމައި، އިސްލާމިކް މިނިސްޓްރީން އެމަސައްކަތް ކޮށްފައިވަނީ އިސްރާ އެސޯސިއޭޝަންއާ ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ދިވެހީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ފޮނުވި ކާބޯތަކެތީގެ ޕެކުތައް ފޯރުކޮށްދޭ މަންޒަރު ފެންނަ ވީޑީއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެ ޕެކުތަކުގައި ރާއްޖޭން ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަން ކަމަށް ލިޔެފައިވެއެވެ.

މި މަސައްކަތާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ހައުސްއަށް ދިވެހި ރައްޔިތުން ހަވާލުކުރި ފިތުރު ޒަކާތުން ފަލަސްތީނުގެ ގައްޒާގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ފޮނުވި ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި ވާސިލުވެފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރު ޒަކާތަށް ފައިސާގެ ގޮތުގައި ޖުމުލަ 13،264،819 ރުފިޔާ ލިބިފައިވެއެވެ. ފަގީރުންގެ ލިސްޓުގައި ޖުމްލަ ތިބީ 2،765 މީހުންނެވެ. އެހެންކަމުން ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު ބަހާފައިވަނީ 12.4 މިލިއަން ރުފިޔާ އެވެ.

- ކޮމެންޓް