ކ. މާލެ
|
27 މާރޗް 2025 | ބުރާސްފަތި 23:09
ގޮވާމުން ޒަކާތް ބަލައިގަތުމުގެ ތެރެއިން ނަގާފައިވާ ފޮޓޯ އެއް
ގޮވާމުން ޒަކާތް ބަލައިގަތުމުގެ ތެރެއިން ނަގާފައިވާ ފޮޓޯ އެއް
އިސްލާމިކް މިނިސްޓްރީ
ފިޠުރު ޒަކާތް
ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަތް ތަކެތި ހުކުރު ދުވަހު ދޫކުރަނީ
އަތޮޅު ތެރޭގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުން އެ ރަށެއްގެ ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިން ބަލައިގަނެ ބެހުމަށް ވަނީ ނިންމާފަ
ގޮވާމުގެ ބާވަތްތައް ބެހުމަށް ނިންމާފައި ވަނީ 28 މާރޗް ވާ ހުކުރު ދުވަހުގެ 14:00 އިން 16:30 އަދި ހުކުރު ދުވަހުގެ ރޭގެ 21:30 އިން 23:00އަށް

2025 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަނެފައިވާ ތަކެތި ފަޤީރުންނާއި މިސްކީނުންނަށް ދޫކުރުމުގެ މަސައްކަތް ހުކުރު ދުވަހު ފަށާނެ ކަމަށް ޒަކާތު ހައުސް އިން ހާމަކޮށްފި އެވެ.

މޯލްޑިވިސް ޒަކާތު ހައުސް އިން ހާމަކުރި ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް ކުރިއަށް ދާނީ ހުކުރު ދުވަހުން ފެށިގެން އިސްކަންދަރު ސްކޫލްގައެވެ. އަދި އެ ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަަށް ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް ބެހުމަށް ނިންމާފައި ވަނީ 28 މާރޗް ވާ ހުކުރު ދުވަހުގެ 14:00 އިން 16:30 އަދި ހުކުރު ދުވަހުގެ ރޭގެ 21:30 އިން 23:00އަށެވެ. މީގެ އިތުރުން ހޮނިހިރު ދުވަސް ކަމަށް ވާ 29 މާރިޗްގެ 10:00 އިން 12:00 އަދި 13:00 އިން 15:00 އަދި 16:00 އިން 17:00 އަށް ވެސް ގޮވާން ބެހުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ.

މީގެ އިތުރުން އަތޮޅު ތެރޭގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުން އެ ރަށެއްގެ ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިން ބަލައިގަނެ ބެހުމަށް ވަނީ ނިންމާފަ އެވެ.

- ކޮމެންޓް