ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2025 ގެ ޕަބްލިކް ވޯޓިންގ އާއްމުކޮށް ހުޅުވާލައިފި އެވެ.
މާރިޗު 25ން އެޕްރީލް 25ށް ކުރިއަށްދާ މި ވޯޓިންގ އަކީ މެއި 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެވޯޑްސް ޙަފްލާގެ މުހިންމު ބައެކެވެ. 2024 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި މި އެވޯޑްސްއަށް 300 އަށްވުރެ ގިނަ ނޮމިނޭޝަން އަދި 100،000 އަށްވުރެ ގިނަ ވޯޓު ލިބިފައިވެ އެވެ. މިއަހަރުގެ ނޮމިނޭޝަން މުއްދަތު ނިމުނުއިރު 450 އަށްވުރެ ގިނަ ނޮމިނޭޝަން ލިބިފައިވެ އެވެ.2025 ވަނަ އަހަރުގެ އެވޯޑްސްގައި އައު ހަތަރު ކެޓަގަރީއެއް ތަޢާރަފުކޮށްފައިވެ އެވެ. އެއީ ވޯޓަރސްޕޯޓްސް ޕަރސަނަލިޓީ އޮފް ދަ އިޔަރ، ޑައިވިންގ ޕަރސަނަލިޓީ އޮފް ދަ އިޔަރ، އެއަރޕޯޓް ރެޕްރެޒެންޓެޓިވް އޮފް ދަ އިޔަރ، އަދި ރިސޯޓް މެނޭޖަރ އޮފް ދަ އިޔަރއެވެ.ފެބްރުއަރީ 20ން މާރިޗު 15ށް ކުރިއަށްދިޔަ ޖަޖިންގ ޕްރޮސެސްގައި ފަނޑިޔާރުންގެ މާކްސް އާއި އާންމު ވޯޓުތައް އެއްކޮށް ވަޒަންކުރެވޭނެއެވެ. މީގެ ތެރެއިން ފަނޑިޔާރުންގެ މާކްސްއަށް 60 ޕަސެންޓް އަދި އާންމު ވޯޓުތަކަށް 40 ޕަސެންޓް ދެވޭނެއެވެ.
މި ވޯޓިންގ މެދުވެރިކޮށް، ރާއްޖޭގެ ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ ފާހަގަކޮށްލެވޭ ފަރާތްތަކަށް އާންމުންނަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.މި އެވޯޑްސްގެ ހަފްލާ އޮންނާނީ މެއި 2025 ގައި ބާއްވާ ވަރަށް ޚާއްސަ ރަސްމިއްޔާތެއްގައެވެ. އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި އާންމު ފަރާތްތަކަށް ވޯޓުލުމުގެ ތަފްސީލު ހޮޓެލިއަރ މޯލްޑިވްސްގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޗެނަލްތަކުން ލިބެން ހުންނާނެ ކަމަށް ބީބީއެމްއިން ބުނެއެވެ.