ކ. މާލެ
|
27 މާރޗް 2025 | ބުރާސްފަތި 14:16
ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝައްމާން ވާހަކަ ދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝައްމާން ވާހަކަ ދައްކަވަނީ
އިމިގްރޭޝަން
އިމިގްރޭޝަންގެ ހިޔާނާތް
ޝައްމާން ބަންދު ކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅައިފި
މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ 26 މާރޗް ވީ ބުދަ ދުވަހު
ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައި ވަނީ 22 މާރޗް 2025 ގައި
ޝަމްއާންގެ އިތުރުން 4 އިމިގްރޭޝަން އޮފިސަރުން މިމައްސަލާގައި ހައްޔަރުކޮށްފައިވޭ

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝައްމާން ބަންދު ކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ 26 މާރޗް ވީ ބުދަ ދުވަހުއެވެ.

ޝައްމާން ވަހީދު ބަންދު ކުރި މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅާފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައި ވަނީ 22 މާރޗް 2025 ވީ ހޮނިހިރު ދުވަހުއެވެ.

ޝަމްއާން ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށް ފަހު ފުލުހުން ގެންދިޔަ ތަކެތީގެ އިންވެންޓްރީގައި ސޮއިކުރުމަށް 21 މާރިޗް 2025 ވީ ހުކުރު ދުވަހުގެރޭ ހެންވޭރު ޕޮލިހަށް އޭނާ ހާޒިރުވުމުންނެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގާ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިން ކުރުމުގެ ޒިންމާ އާއްމުކޮށް އަދާކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރާކަން ހާމަވެފައިވާ ކަމަށެވެ.

މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން އިމިގްރޭޝަންގެ ބެލެމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހަމައެހެންމެ އޭގެ އެއްދުވަސް ފަހުން އޭރުގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރު ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ޝަމްއާންގެ އިތުރުން 4 އިމިގްރޭޝަން އޮފިސަރުން މިމައްސަލާގައި ހައްޔަރުކޮށްފައިވެއެވެ.

- ކޮމެންޓް